ރައީސް ޔާމީން އަވަހާރަ ކޮލާނެކަމަށް ބުނި މީހާގެ މައްސަލަ ޕޮލިހަށް

ރައީސް ޔާމީން އަވަހާރަ ކޮލާނެކަމަށް ބުނި މީހާގެ މައްސަލަ ޕޮލިހަށް

Author
މުޙައްމަދު ޝަޒައިމް
04 އޮކްޓޯބަރ 2021 09:18
0

ކުރީގެ ރައީސް ޔާމީން އަވަހާރަ ކޮށްލާނެކަމަށް ބުނެ މީހަކު ފޭސްބުކްގައި ދެއްކި ވާހަކަތައް ބެލުމަށް މިއަދު ޕޮލިހަށް ހުށަހަޅާނެކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

ރައީސް ޔާމީންއާ ގުޅޭގޮތުން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓަކަށް ކޮމެންޓް ކުރި އަބްދުލްހަމީދު ކިޔާ މީހަކު ބުނެފައިވަނީ "މަރަން ޖެހޭ މީހެއް ޔާމީން އަކީ" މިހެންނެވެ.

މިމައްސަލާގައި އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މިމައްސަލަ މިއަދު ފުލުހުންނަށް ހުށަހަޅާނެކަމަށެވެ. އަދި ރައީސް ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ފުލުހުންގެ ފަރާތުން އެދޭނެކަމެއްކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

ޓެރަރިޒަމަށް ތާއީދުކޮށް، ނުވަތަ އެފަދަ ކަންކަމަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ކޮމެންޓުކޮށް ވާހަކަދެއްކުމަކީ ޖިނާއީ ކުށެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއަހަރުގެ މެއިމަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއަށްފަހު، މީސްމީޑިއާގައި ކުރާ މިފަދަ ކޮމެންޓްތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާނެކަން ފުލުުހުން މީގެ ކުރިން ހާމަކުރިއެވެ.

ދާދިފަހުން ރައީސް ނަޝީދަށްވެސް މަރުގެ އިންޒާރުދީ ހެދި މީހަކު ފުލުހުންވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ޝަރީއަތްވެސް މިހާރު ދަނީ ހިންގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.