ސަމަންތާ އާއި ނާގަ ޗައިތަނިޔާގެ ކައިވެނި ނިމުމަކަށް!

ސަމަންތާ އާއި ނާގަ ޗައިތަނިޔާގެ ކައިވެނި ނިމުމަކަށް!

ސައުތުގެ މަގްބޫލު ދެމަފިރިން ކަމުގައިވާ ނާގަ ޗައިތަނިޔާ އާއި ސަމަންތާގެ ކައިވެނި ރޫޅާލުމަށް ނިންމައިފިއެވެ.

މި ކަން މި ތަރިންގެ ފަރާތުން އިއުލާން ކޮށްފައިވަނީ މީޑިއާއިން މިކަމާއި ގުޅޭގޮތުން ތަފާތު ހަބަރުތަކެއް ގެނެސްދެމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ފަހަކަށް އައިސް އެންމެ ބޮޑަށް ވާހަކަ ދެކެވެން ފެށީ ނާގަގެ ބޮލޮކްބަސްޓާ ފިލްމުގެ ސެލެބްރޭޝަން ގައި ސަމަންތާ ބައިވެރި ނުވި ހިސާބުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ދެމީހުންގެ ޖޮއިންޓް އެކައުންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެދެމީހުން ވަކިވުމަށް ނިންމާފައިވާ ކަމަށާއި، މިއީ ދެމީހުންނަށްވެސް ދަތި ވަގުތެއް ކަމުން އެ ގުޅުމާއި ގުޅޭގޮތުން ދޮގު ވާހަކަ ނުފެތުރުމަށްވެސް ވަނީ އެދިފައެވެ. އަދި ހަމައެހެންމެ އަބަދުވެސް ރަނގަޅު ރަހުމަތްތެރިންގެ ގޮތުގައި ތިބޭނެ ކަމަށާއި، ހެޔޮ ދުއާ ކޮށްދިނުމަށް ފޭނުންގެ ކިބައިން އެދިފައިވެއެވެ. އަދި މި ނިންމުމަށް އިހުތިރާމު ކުރުމަށްވެސް ވަނީ އެދިފައިއެވެ.

އަދި ސްޓޭޓްމަންޓު ނިންމާލަމުން އެމީހުންނަށް ދެމުން ގެންދާ ސަޕޯޓަށް ޝުކުރު އަދާކޮށްފައި ވެއެވެ.

މިދެމީހުން ކައިވެނި ކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. ދެ ސަގާފަތަކަށް ނިސްބަތްވާގޮތަށް ކުރި މި ކައިވެނި ރޫޅަލުމަށް ނިންމި ސަބަބެއް އެމީހުން ހާމަކޮށްފައެއް ނުވެއެވެ.

ސަމަންތާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން އޭނާގެ ސޯޝަލް މީޑިއާގެ އެކައުންޓުތަކުން ސަރ ނޭމް ބަދަލުކޮށްފައެވެ. އެއާކު އެކަންވެސް ވަނީ މީޑިއާގެ ސަމާލުކަމަށް އައިސްފައެވެ. އަދި އެދެމީހުން ވަކިވާން އުޅޭކަމުގެ ޚަބަރުތަށް ވަނީ އޭރުންފެށިގެން ދެކެވެން ފަށާފައެވެ

މިއީ ސައުތު އިންޑިއާގައި ހާއްސަކޮށް ތަމަޅަ ފިލްމު އިންޑަސްޓްރީގައި މަގުބޫލު ޖޯޑެކެވެ. ސަމަންތާ އަދި ޗައިތަނިޔާ އެކުގައި ކުޅުނު ފިލްމް ތަކުގެތެރޭގައި "އޮޓޯނަގަރް ސޫރިއާ" "މަޖިލީ" ފާހަގަ ކޮށްލެވެއެވެ.

ބޮލީވުޑްގެ ޑެބިއު "ފެމެލީ" މޭންއިން ފަށާފައިވާ ސަމަންތާގެ ކުރިއަށް އޮތީ "ހާތުއާ ކުލާ ރެންދުކާދަލް" އަދި "ޝާކުން ތަލަމް"އެވެ. ޗައިތަނިޔާ ވެސް އަންނަނީ ބޮލީވުޑަށް ނުކުތުމަށް ތައްޔާރު ވަމުންނެވެެ. އެގޮތުން އޭނާ ބޮލީވުޑަށް ތާރަފް ވަނީ އާމިރް ޚާން އަދި ކަރީނާ ކަޕޫރުގެ ކުރިއަށް އޮތް ފިލްމް "ލާލް ސިންގް ޗައްޑާ" އިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *