އދ ގެ އާންމު މަޖިލީހުގެ ރައީސް މިމަހުގެ 6 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

އދ ގެ އާންމު މަޖިލީހުގެ ރައީސް މިމަހުގެ 6 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

Author
މުޙައްމަދު ޝަޒައިމް
03 އޮކްޓޯބަރ 2021 12:28
0

އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިމަހުގެ 6 ވަނަ ދުވަހު ރާއްޖެ ވަޑައި ގެންނެވުމަށް ހަމަޖެހިއްޖެއެވެ.

އދ. ގެ ރައީސްގެ ހައިިސިއްޔަތުން ޝާހިދު އިއްޔެ ވަނީ ޔޫއޭއީއަށް ވަޑައިގެންފައެވެ. ޔޫއޭއީއަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ ދުބާއީގައި ބާއްވާ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ހަރަކާތް، ވޯލްޑް އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ޝާހިދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ މަގާމާ ޝާހިދު ރަސްމީކޮށް ހަވާލުވެވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ދެއްވި ތަޤުރީރުގައި ދިވެހި ބަހުން މުޚާތަބުކުރައްވަމުން އަބްދުﷲ ޝާހިދުވަނީ ދިވެހި ރާއްޖެއަށް ޤައުމުތަކުން ދެއްވި ޢިއްޒަތާއި ޝަރަފަށްޓަކައި އިޚްލާސްތެރި ކަމާއެކު ޝުކުރުދަންވާފައެވެ.

ރާއްޖެއަށް މި ލިބިގެންދިޔަ ފަޚުރުވެރި ކާމިޔާބީ ފާހަގަކުރައްވަމުން ރާއްޖޭގެ ޚާރިޖީވަޒީރުކަންވެސް ކުރައްވަމުންގެންދަވާ އަބްދުﷲ ޝާހިދު ވިދާޅުވީ، މިއަދު ދިވެހިރާއްޖޭގެ ފެއްސާއި ރަތާއި ހުދުގެ ފަޚްރުވެރި ދިދަ ވިހުރުވެމުން ދަނީ ބައިނަލްއަޤްވާމީ އެންމެ އުސް ކުރިބޯށީގައިކަމަށެވެ.

އދ.ގެ 76ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިންތިޚާބުވެވަޑައިގެންނެވީ ޖޫންމަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އދ.ގެ މެންބަރު 191 ޤައުމުގެ ތެރެއިން 143 ޤައުމުގެ ވޯޓު ކާމިޔާބުކޮށްގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.