މެމްބަރުންނަކީ ބައެއް ފަހަރު "ޅަބުޅާ" ތަކަކާއި އެއް އުސޫލަށް އަމަލުުކުރާ ބައެއް: މުސްތަފާ

މެމްބަރުންނަކީ ބައެއް ފަހަރު "ޅަބުޅާ" ތަކަކާއި އެއް އުސޫލަށް އަމަލުުކުރާ ބައެއް: މުސްތަފާ

Author
މުޙައްމަދު ޝަޒައިމް
03 އޮކްޓޯބަރ 2021 08:53
0

ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަކީ ބައެއް ހާލަތްތަކުގައި ޅަބުޅާ ތަކަކާއި އެއް އުސޫލަށް އަމަލުުކުރާ ބައެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މެމްބަރުންނަށް އިއްޒަތްތެރި މެމްބަރުން ކިޔާއިރު، "އިއްޒަތް" ނުލިބޭތީ މަޖިލީހުގެ ބައެއް މެމްބަރުން ޝަކުވާ ކުރަމުންދާ ދަނޑިވަޅުގައި މުސްތަފާ ވިދާޅުވީ އިއްޒަތަކީ މީހާގެ އަޚުލާޤާއި ސުލޫކުގެ މައްޗަށް ބިނާވެފައިވާ އެއްޗެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން "އިއްޒަތް" ތެރިކަން ހޯދަން އުޅޭއިރު ބައެއް ހާލަތްތަކުގައި މެމްބަރުން ޅަބުޅާ ތަކެއް ހެންވެސް މަޖިލީހުގައި އުޅޭ މަންޒަރު ފެންނަކަމަށް މުސްތަފާ ވިދާޅުވިއެވެ.

ހަގީގަތުގައިވެސް އިއްޒަތްތެރިކަން ނިސްބަތްވަނީ މޭހާގެ އަހުލާޤަށް. ރަނގަޅު ވާހަކައެއް! މެމްބަރުންނަކީ ބައެއް ފަހަރު ޅަބުޅާ ތަކަކާއި އެއް އުސޫލަށް އަމަލުުކުރާ ބައެއް.

– މުސްތަފާ ވިދާޅުވިއެވެ.

މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި އިއްޔެ ކުރެވެމުންދާ ބަހުސްގައި މެމްބަރު އިކްރާމް ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަށް "އިއްޒަތްތެރި" މެމްބަރުން ކިޔާއިރު، އިއްޒަތްތެރިކަމެއް ނުލިބޭކަމަށެވެ. މެމްބަރުންނަކީ އާދައިގެ މީހުންނަށްވެސް ދަށް ބައެއްކަމަށް އޭނާ ވަނީ ބުނެފައެވެ. އިކްރާމް ވިދާޅުވީ މެމްބަރުންނަށް އިއްޒަތްތެރި ލަގަބު ދީފައި އެކަން ނުލިބޭނަމަ "ނިކަމެތި" މެމްބަރުން ކިޔުންވެސް މާ ރަނގަޅު ވާނެކަމަށެވެ.

އިކްރާމްގެ ވާހަތަކަށް އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މެންބަރު އިކްރާމުގެ ޝަކުވާތަކާ ގުޅިގެން މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވީ ގާނޫނުތަކާއި މަޖިލީހުގެ ގަވައިދު ފާސްކުރަނީ މެންބަރުން ކަމަށްވާތީ މަޖިލީހުގެ އިދާރާއިން ލާޒިމުކުރާ ކަމެއް ނެތް ކަމަށެވެ. އަދި ކިއުގައި ޖެހިވަޑައިނުގެން މެންބަރުންނަށް ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ގާނޫނާއި ގަވައިދުތަކަށް ގެނެވޭނެ ބަދަލުތަކުގެ ތަފްސީލަކަށް ވެސް އީވާ އެދިވަޑައިގެންނެވިއެވެ.

މަޖިލިސްގެ މެމްބަރުންގެ މެދުގައި ޚާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ މެދުގައި ކުރެވޭ މިބަހުސްގައި މަޖިލިސް ރައީސްވެސް ވަނީ މެމްބަރުންނަށް ރައްޔިތުން ފާޑުކިޔަނީ މާބޮޑަށް ބޮޑާވާތީކަމަށް ވިދާޅުވެފައެވެ. މަޖިލީހުގެ މެމްބަރުން ކުރާ ދަތުރު ދަތުރުތަކުގައި ވީއައިޕީ ލައުންޖު ބޭނުން ކުރާއިރު، އެކުގައިދާ އެކުވެރިންނަށްވެސް އެތަން ބޭނުން ކުރެވޭ ގޮތަށް އެމްޑީޕީގެ ކޮންޓްރޯލް އޮންނަ އާންމު ކޮމެޓީން ނިންމުން ގިނަ ރައްޔިތުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.