ވަނުއާޓޫ ސަރަހައްދަށް މިއަދު އައި ބިންހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ކުރާނެކަމަށް ނުބެލެވޭކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރައިން ބުނެފިއެވެ. އެ އިދާރާއިން ބުނީ ވަނުއަޓޫ ކައިރިއަށް 6.9 މެގްނެޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައިވާކަމަށެވެ. އަދި އެކަމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ނުކުރާނެކަމަށް މެޓް އޮފީހުން ބުންޏެވެ.
އަދި މީގެސަބަބުން ސުނާމީއެއް އުފެދުމުގެ ފުރުސަތެއް އޮތްކަމުގެ މަޢުލޫމާތެއްވެސް ސުނާމީގެ އިންޒާރުދޭ އެއްވެސް ސެންޓަރަކުން ދީފައި ނުވާކަމަށްވެސް ކަމާބެހޭ އިދާރާތކުން ބުނެފައިވެއެވެ.
An EQ of 6.9 Magnitude occurred near Vanuatu Islands Region. No threat to Maldives. pic.twitter.com/iCgFNuIk0l
— Maldives Meteorology (@MetMaldives) October 2, 2021
ވަނުއަޓޫ އަކީ ޕެސިފިކް ކަނޑުގައި އޮންނަ ކުޑަ، ޖަޒީރާ ގައުމެކެވެ. ރާއްޖެއާ އެއް ގޮތަށް، ވަނުއަޓޫއަކީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް ގައުމެވެ.
ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގެ ދެކުނުން ކަނޑުގެ އަޑިއަށް 5.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް މިދިޔަ ޖުލައިމަހުވެސް އައިސްފައިވެއެވެ. ނަމަވެސް އެކަމުގެ އަސަރެއްވެސް ރާއްޖެއަށް ކޮއްފައިނުވާކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.