ވީއައިޕީ ޚިދުމަތް އެއްކޮށް އުވާލުމަކީ ޚިދުމަތް ރަނގަޅުކުރުމަށް ލިބޭނެ ފުރުޞަތެއް: ޑރ.ޝަހީދު

ވީއައިޕީ ޚިދުމަތް އެއްކޮށް އުވާލުމަކީ ޚިދުމަތް ރަނގަޅުކުރުމަށް ލިބޭނެ ފުރުޞަތެއް: ޑރ.ޝަހީދު

Author
މުޙައްމަދު ޖިމީ
01 އޮކްޓޯބަރ 2021 05:40
0

އެއަރޕޯޓުގެ ވީއައިޕީ ޚިދުމަތް އެއްކޮށް އުވާލުމަކީ އެއަރޕޯޓްގެ ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށް ލިބޭނެ ފުރުޞަތެއްކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި އދ.ގެ ރެޕަޓުއަރ އަޙްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީދު މިހެން ވިދާޅުވީ، މަޖިލީހުގެ މެންބަރުންނާއެކު އެމީހުންގެ ރައްތެހިންނަށްވެސް އެއަރޕޯތްގެ ޥިއައިޕީ ޚިދުމަތް ލިބޭގޮތަށް ހަމަޖައްސާ މަޖިލީހަށް ބިލްކުރާގޮތަށް ޢާންމު ކޮމިޓީން ގެނައި ބަދަލާއި ގުޅިގެންނެވެ. ޑރ.ޝަހިދު ވިދާޅުވީ، ވީއައިޕީ މުޅިން އުވާލުމަކީ ޢާންމުކޮށް އެންމެނަށް އެއަރޕޯޓުން ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ލިބޭނެ ފުރުޞަތެއްކަމަށެވެ.

ކަލްޗަރ އޮފް އެންޓއިޓެލްމެންޓް / ޕްރިވިލެޖް އުވާލަން ވެއްޖެ.

– ޑރ.އަޙްމަދު ޝަހީދު

ޝަހީދު މިހެން ވިދާޅުވެފައިވާއިރު، މަޖިލީހުގެ ޢާންމު މެންބަރުންގެ ރައްޓެހިންނަށް ވީއައިޕީ ޚިދުމަތް ލިބޭގޮތަށް ނިންމެވީ، ކުރިން އޮންނަ ގޮތުން މަޖިލީހުގެ މެންބަރަކު، އެމަންބަރުގެ އެއްބަނޑު އެއްބަފާ މީހަކާ އެކީ ދަތުރުކުރާއިރުވެސް ވަކިން ދާން ޖެހޭތީ ބައެއް މެންބަރުންގެ ޝަކުވާ ކޮމިޓީއަށް ލިބިފައިވާތީކަމަށް މެންބަރުން ވިދާޅުވުމާއި ގުޅިގެންނެވެ. މި ޤަވާއިދު ކުރިން އޮންނަ ގޮތުން މަޖިލީހުގެ މެންބަރުންގެ އަނބިންނާއި ފިރިންގެ އިތުރަށް ދަރިންނާއި މައިންބަފައިންނަށް ވީއައިޕީ ލޯންޖު ބޭނުންކުރެވެއެވެ. އަދި ލޯންޖު ބޭނުންކުރުމަށްފަހު ބިލު ފޮނުވަނީ މަޖިލީހަށެވެ.

ނަމަވެސް އެމީހުންގެ ރައްޓެހިންނަށްވެސް ވީއައިޕީ ލައުންޖު ބޭނުންކުރެވޭގޮތަށް ނިންމި ނިންމުމަކީ ނިހާއީ ނިންމުމެކެވެ. އެ ނިންމުން މަޖިލީހުގެ ތަޅުމުން ފާސްކުރާކަށް ނުޖެހޭނެއެވެ. އެހެންކަމުން ކޮމިޓިން އެގޮތަށް ފާސްކުރުމުން އެ ނިންމުމަށް އަމަލުކުރެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

v vaahaka
Ihzayy libigen vanee hama ekani ALLAH ah mi ulhey dheffunkeheri fithuna verinnah halaaku
ގ ގަސްމާ
މާލޭގައި އިއްޒަތްތެރި މެމްބަރުން އުޅުއްވަނީ އާންމުންގެ ތެރޭގައި. އެކަމު ފުރަންވީމާ އިއްޒަތް އުފުލި، މޮޓޯކޭޑާއި، އިންސޫރަންސާއި، އާސިޔާނު ގައުމުތަކާއި، ވަކިން ހިނގާ މަގުތަަކާއި އާންމުންނާ ވަކިން އިއްޒަތުގައި. ވޯޓަށްވީމާ ގޭގެޔަށްވެސް ވަދެވޭ.