ފުރަތަމަ ދަރިފުޅު ވިހެއުމުގެ ތެރޭގައި އަނބިމީހާ މަރުވެދާނެ ކަމުގެ ބިރު އޮތްކަމަށް ޝާހްރުކް ބުނެފި

ފުރަތަމަ ދަރިފުޅު ވިހެއުމުގެ ތެރޭގައި އަނބިމީހާ މަރުވެދާނެ ކަމުގެ ބިރު އޮތްކަމަށް ޝާހްރުކް ބުނެފި

Author
މުޙައްމަދު ޝަޒައިމް
31 އޮކްޓޯބަރ 2020 09:02
0

ޝާހްރުކް ޚާންވެފައި ވަނީ ބޮލީވުޑްގެ ކިންގްއަށެވެ. އޭނާގެ ފިލްމްތައް މަޝްހޫރުވެ، އޭނާގެ މަގްބޫލުކަން އިންތިހާއަށް އުފުލިއްޖެ އެވެ. ލޯބީގެ ފިލްމްތައް ކުޅުމުގައި ވަރަށް ލޯބި މީހެއްގެ ގޮތުގައި ގިނަބަޔަކު އޭނާ ސިފަކުރާއިރު، އަސްލު ދިރިއުޅުމުގައި އަނބިމިހާ ގައުރީ ޚާންއާއެކުވެސް އެ އުޅެނީ ލޯބީގެ މިސާލެއް ފަދަ ދިރިއުޅުމެއްގައެވެ.

އެ ކައިވެންޏަށް މިހާރު 29 އަހަރުވެއްޖެ އެވެ. އަދިވެސް އެ ގުޅުން އެ ދަނީ ކުރިއަށެވެ. ޝާހްރުކް މި ވަނީ ކުރިން ދިން އިންޓަވިއުއެއްގައި ގައުރީ ޚާން ވިހަން ވައްދާފައި އޮތްއިރު، އޭނާ މަރުވެދާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެފައެވެ. ޝާހްރުކް ގެ މައިންބަފައިން ވަނީ މަރުވެފައެވެ. އަދި އޭނާ ބޮޑަށް ބިރުގަނެފައި ވަނީ ފުރަތަމަ ދަރިފުޅު އޮޕަރޭޝަންކޮށްގެން ނެހުމަށް ގައުރީ އޮޕަރޭޝަން ތިއޭޓަރަށް ވެއްދިއިރު އެވެ.

އެގޮތުން ގައުރީ ވިހެއުމުގެ ތެރޭގައި އުޅުނީ ވަރަށް ހާލުގައި ކަމަށް ޝާހްރުކް ބުންޏެވެ. އެގޮތުން އޭނާ ވަރަށް ބޮޑަށް ދާހިތްލާ ހުންވެސް އައިސްފައިހުރި ކަމަށް ޝާހްރުކް ފާހަގަކުރިއެވެ.

އަހަރެންގެ މަންމަ އާއި ބައްޕަވެސް މަރުވީ ހޮސްޕިޓަލަށް. އެހެންވެ އަހަރެންނަށް އެހާ ކަމަކު ނުދޭ ގައުރީ ގޮވައިގެން ހޮސްޕިޓަލަށް ދާން. އަހަރެން ދުވަހަކުވެސް ނުދެކެން ގައުރީ ބަލިވެ އުޅޭ ތަނެއް. އެކަމަކު އަހަރެންނަށް ޓިއުބްއާއި އެއްޗެހި އޭނާގެ އަނގަޔާއި ނޭފަތަށް ލައްވާފައި ހުރިތަން ފެނުނު، އަދި އޭނާ ވަރަށް ބޮޑަށް ހުންއައިސްހުރިކަން އެނގުނު، އަހަރެން އޭނާއާއެކު އޮޕަރޭޝަން ތިއޭޓަރަށްވެސް ދިޔައިން، އަދި މާނޭވާއެއް ލިން. އަހަރެން ހީކުރީ އޭނާ މަރުވެދާނެ ކަމަށް. އަހަރެން އެވަގުތު ދަރިފުޅާއި މެދުވެސް ނުވިސްނަން.

– 1998 ވަނަ އަހަރު ގައުރީ ފުރަތަމަ ދަރިފުޅު ވިހެއުމުގެ ކަންކަން ކުރިއަށް ދިޔަ ގޮތް ހިއްސާ ކުރަމުން އޭނާ ބުނެފައި ވެއެވެ.

އޭނާ ބުނީ، ވިހެއުމުގެ ތެރޭގައި ވަރަށް މީހުން މަރުނުވާ ކަން އިނގޭ ކަމަށާއި، އެކަމަކުވެސް އޭނާ ހުރީ ބިރުން ހަލާކުވެފައި ކަމަށެވެ. 1997 ވަނަ އަހަރު ގައުރީ އަރްޔާން ވިހެއު ފަހުން ދެމަފިރިންނަށް ސުހާނާ ލިބުނީ 2000 ވަނަ އަހަރު އެވެ. އަދި 2013 ވަނަ އަހަރު ސަރަގޭޓް މެދުވެރިކޮށް ދަރިއަކު ލިބުނެވެ. އެއީ އަބްރަމް އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.