އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި ބޮޑެތި ޢަދަދުތަކުން ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުންޏަށް ކޮށްފައިވާ ހުކުން ތަންފީޒްކުރުން މާރަނގަޅުވާނެކމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް އަދި ރައީސް ޔާމީންގެ ޤާނޫނީ ވަކީލް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވަރުގަދަ ރައްދެއް ދައުލަތަށް ދެއްވައިފިއެވެ.
ޑރ.ޖަމީލް ދައުލަތަށް ރައްދު ދެއްވާފައި މިވަނީ، ރައީސް ޔާމިންގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ މުއްދަތަށް ޖަލަށް ލުމާއެކު ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަން ކަޑައެޅި 5 މިލިއަން ޔޫއެސް ޑޮލަރު ކުރިމިނަލް ކޯޓުގެ ގަޒިއްޔާއާއި އެއްގޮތަށް ދައްކާފައި ނުވާތީ އެހުކުން ތަންފީޒު ކުރުމަށް ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން ސިވިލް ކޯޓުގައި ތާވަލުކޮށްފައިވާކަން ބަންޑާރަ ނާއިބުގެ އޮފީހަށް އަންގާފައިވާކަމަށް އެ އޮފީހުންމިއަދު ބުނުމާއި ގުޅިގެންނެވެ.
ބަންޑާރަނައިބުގެ އޮފީހުން މިއަދު ނެރުއްވާފައި ބަޔާނެއްގައި ބުނެފައިވަނީ، ދައުލަތުގެ ފަރާތުން އޮގަސްޓުމަހުގެ 24 ވަނަ ދުވަހު ހުށަހެޅުއްވި މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުން އަންގަވާފައިވަނީ "ކޯޓުން އިސްނަގައިގެން ޙުކުމް ތަންފީޒު ކުރުމުގައި އަމަލް ކުރާނެ ގޮތުގެ އުސޫލު"ގެ ދަށުން ކުރިމިނަލް ކޯޓުގެ އެހުމް ތަންފީޒު ކުރުމުގެ މައްސަލަ ސިވިލް ކޯޓުގައި މިހާރު ރަޖިސްޓްރީކޮށް ކުރިޔަށް ގެންދާ ކަމުގައެވެ.
އެކަމަށް ރައްދު ދެއްވަމުން ޑރ.ޖަމީލް ވިދާޅުވީ އެސްއޯއެފް ކުންފުނީގެ މައްޗަށް ދައްކަން ހުކުމްކޮށްފައިވާ 10 މިލިއަން ޑޮލަރުގެ ހުކުމް ތަންފީޒްކުރުން މާ ރަނގަޅުވާނެކަމަށެވެ. ޑރ.ޖަމީލް ވަނީ، އެސްއޯއެފަށް ޖިނާއީ ދަޢުވާ ނުކުރަން ނިންމިގޮތަށް އެފައިސާވެސް ދައްކަން ނުޖެހޭގޮތަށް ޔޫ.ކޭ ދަތުރުގައި ސެޓެލްމަންޓް އެއްބަސްވުމެއް ހެދީތޯ ދައުލަތާއި ސުވާލުކުރައްވާފައެވެ.
އެސް އޯ އެފް އިން ދައުލަތަށް ދައްކަން ޙުކުމް ކޮށްފައި ވާ 10 މިލިއަން ޑޮލަރ ތަންފީޒުކުރަން އުޅުން މާ ރަނގަޅު. އަނެއްކާ އެކުންފުންޏަށް ޖިނާއީ ދަޢުވާ ނުކުރަން ނިންމިގޮތަށް އެވެސް ދައްކަން ނުޖެހޭގޮތަށް ޔޫ. ކޭ ދަތުރުގައި ސެޓެލްމަންޓް އެއްބަސްވުމެއް ހެދީތޯ؟
– ޑރ.މުޙައްމަދު ޖަމީލް އަޙްމަދު
ޑރ.ޖަމީލް މިހެން ވިދާޅުވެފައިވާއިރު، އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގައި އެންމެ ބޮޑަށް ޝާމިލްވާ އެސްއޯއެފް ކުންފުނީގެ މީހުންނަށް ދައުވާ ނުކުރަން ދައުލަތުން ނިންމާފައިވާ ކަމަށާއި އެއީ ކުށް ކުރުމުގައި ބައިވެރިވާ މީހުންނަށް ކުށް ސާބިތު ކުރަން އެ މީހުންގެ އެހީތެރިކަން މުހިންމުވާތީ ކަމަށް ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި ވިދާޅުވެފައެވެ. ނަމަވެސް އެސްއޯއެފް ކުންފުންޏަށް ދަޢުވާ ނުކުރުމަށް އެއްވެސް އިރެއްގައި އެއްބަސްވުމެއް ނެތްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.
One Response
ޜައީސްއާ މޑޕ ނަގާފަވާއެހުރިހަަފައިސާތައްޔާމީނު ދައްކަންޖެހޭގޮތެއްބުނެބަލަ ކިހާދެރަކަމެތްތީ