މާދަމާއިން ފެށިގެން ދެވަނަ ފިޔަވައްސަށް ބަހުގެ ޚިދުމަތް ފަށަނީ

މާދަމާއިން ފެށިގެން ދެވަނަ ފިޔަވައްސަށް ބަހުގެ ޚިދުމަތް ފަށަނީ

ގުޅުންހުރި

ހުޅުމާލެ ދެވަނަ ފިޔަވައްސަށް މާދަމާއިން ފެށިގެ ބަހުގެ ޚިދުމަތް ފެށުމަށް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައިގައި މިހާރު ވަނީ މީހުން ދިރިއުޅެން ފަށާފައެވެ. އެގޮތުން ކުރީ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޢިމާރާތްކުރި ހިޔާ ޓަވަރުތަކުގައިވެސް ގިނަ ޢަދަދެއްގެ ބަޔަކު ދިރިއުޅެން ފަށާއި އަދި ބައެއް މީހުން ދިރިއުޅެން ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ނަމަވެސް މިހާތަނަށް އެ ސަރަހައްދުގައި ބައެއް އަސާސީ ޚިދުމަތް ފެށިފައިނުވާތީ އެތަނުގައި ދިރިއޫޅޭ މީހުންނަށް ވަނީ ތަކުލީފްތަކެއް އުފުލަން ޖެހިފައެވެ. އަދި އެކަމަށް ބައެއް ފަރާތްތަކުގެ ފާޑުވިއުންވެސް އަމާޒުވިއެވެ. އެގޮތުން އެސަރަހައްދުގައި ސްކޫލާއި، މިސްކިތާއި ބަހުގެ ޚިދުމަތް ނެތުމުގެ ކަންބޮޑުވުން އެ ފަރާތްތަކުން އަންނަނީ ފާޅުކުރަމުންނެވެ.

ޚާއްޞަކޮށް އެކަމުގެ އަޑު ގަދަވެފައިވަނީ، ހުޅުމާލޭގެ ފޭސް ދޭއްގައި ހިޔާ ފްލެޓްތައް ހުރި ސަރަހައްދަަށް ބަހުގެ ހިދުމަތް އަދިވެސް ފަށާފައިނުވާތީ އަންހެނަކު ކުޑަ ކުއްޖަކު ކޮނޑުގައި ސްކޫލަށް އުފުލާ ވީޑިއޯއެއް ޢާންމުވުމާއި ގުޅިގެންނެވެ.

ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަހުގެ ޚިދުމަތް ފެށުމާއި ގުޅޭގޮތުން އެމްޓީސީސީން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި މިހާރު ދިމާވަމުން އަންނަ ދަތިތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއާއި، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއި އަދި އެމްޓީސީސީއާ އެކު ކުރެވުނު މަޝްވަރާތަކަށްފަހު މާދަމާއިން ފެށިގެން ހުޅުމާލެ ދެވަނަ ފިޔަވައްސައް ބަހުގެ ޚިދުމަތް ފުޅާކުރުމަށްވަނީ ހަމަޖެހިފައިވާކަމަށެވެ.

މިގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނަށް ދެމުންދާ ބަހުގެ ޚިދުމަތް ފުޅާކޮށް މި ޚިދުމަތް ހުޅުމާލޭ ދެވަނަ ފިޔަވަހީ ގެ ރައްޔިތުންނަށްވެސް ދެވޭނެ ގޮތަށް މިހާރުވަނީ ބަސް ރޫޓަށް ބަދަލުގެނެވިފައިކަމަށް އެމްޓީސީސީން ބުންޏެވެ.

ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގުޅުވައިދޭ މި ބަސް ރޫޓުން ތިރީގައިވާ ބަސް ރޫޓްތަކާއި، ހުޅުމާލެ ފެރީއާއި ގުޅުވައިދޭ ބަސްހުއްޓިތަކަށް ހުއްޓާނެ:

1 ހުޅުމާލެ – ވެސްޓް ޕާރކް ރޫޓް

2 ހުޅުމާލެ – ކާރނިވަލް ރޫޓް

3 ހުޅުމާލެ – ވީއައިއޭ ބަސް ރޫޓް

4 ހުޅުމާލެ ނެއިބަރހުޑް 1 ،2 އަދި 3

ހުޅުމާލޭ ބަހުގެ ޚިދުމަތުގެ އަގަކީ 5 ރުފިޔާކަމަށްވެސް އެމްޓީސީސީން ބުންޏެވެ. އެ ކުންފުނީގެ އަމާޒަކީ ގްރޭޓަރ މާލެ ސަރަޙައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުންކަމަށާއި، މި ޚިދުމަތް އެކަށީގެންވާ ފެންވަރެއްގައި ދިނުމަށް ބޭނުންވާނެ ބަސްތައް ގެނައުމާއި، އެއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް އެކުންފުނިން ކުރަމުންދާކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ