ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބަލަހައްޓާ ހުޅުމާލެ "ފިޔަވަތި"ގެ ފުޜާލަށް ކުދިންނަށް ނޭރޭގޮތް ހަދައި އެތަނުގެ ހިންގުމަށް ބަދަލުތަކެއް ގެނެސްފިއެވެ.
ކުދިންނަށް ފުރާޅަށް ނޭރޭގޮތް ހަދައި އަދި އެތަނުގެ ހިންގުން ހަރުދަނާކޮށްފައިމިވަނީ، ފާއިތުވި ހަފްތާގެ ތެރޭގައި އެތަނުގައި ހަމަނުޖެހުންތަކެއް ހިނގާފައިވަނިކޮށެވެ. އެގޮތުން އެތަނުގައި ތިބި ބައެއް ކުދިން ފިޔަވަތީގެ ފުރާޅަށް އަރައި ބައެއް ތަކެއްޗަށްވެސް ގެއްލުން ދީފައިވެއެވެ. އަދި އެތަނުގައި ހަމަނުޖެހުންތަކެއް ހިނގާފައިވުމާއެކު، ދައުލަތުގެ ބެލުމުގެ ދަށޫން ކުދިން ބަލަހައްޓާ ގޮތާއި ގުޅޭގޮތުން ގިނަ ބައެއްގެ ކަންބޮޑުވުން އުފެދި ފާޑުކިޔުންތައްވެސް އަމާޒުވެގެން ދިޔައެވެ.
މީގެ އިތުރުން ޗިއުރަންސް އޮންބޮޑްސްޕާސަންގެ އޮފީހުންނާއި ހިއުމަން ރައިޓްސް ކޮމިޝަނުން އެތަނުގައި އަޅަންހުރި ފިޔަވަޅުތަކާއި ގުޅޭ ރިޕޯޓެއްވެސް މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއާއި ހިއްސާކުރިއެވެ.
ފިޔަވަތީގެ ހަމަނުޖެހުންތަކަށް ޖެންޑަރ މިނިސްޓްރީން އެދެވޭ ޖަވާބެއް ނުދީ އޮތުމަށްފަހު، ޖެންޑަރ މިނިސްޓްރީން ބުނީ، މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން އެންގި ކަންކަމުގެ ތެރެއިން ބައެއް ކަންކަން މިހާރު ހައްލުކޮށްފައިވާކަމަށެވެ. އޭގެތެރޭގައި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ލަފަޔާ ގުޅިގެން، ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރަން ފުރާޅަށް ނޭރޭނެ ގޮތަށް އިމާރާތަށް ބަދަލު ގެނެސްފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ފިޔަވަތީގައި ތިބެނީ ޢުމުރުން 14 އަހަރުން ދަށުގެ ކުދިންނެވެ.
ކޮމެންޓު ފޮނުވާ