ގާޒީ ނަސީރުގެ މަގާމު ދަށްކޮށް ފެލިދޫ ކޯޓަށް

ގާޒީ ނަސީރުގެ މަގާމު ދަށްކޮށް ފެލިދޫ ކޯޓަށް

Author
މުޙައްމަދު ޝަޒައިމް
30 ސެޕްޓެމްބަރ 2021 11:54
0

ދުވަސްވީ މައްސަލައެއް ސެކްޝަންގައި ނުބާއްވަން ވެގެން ސިވިލް ކޯޓުން މައްސަލަ ބޭރުކޮށްލި އެ ކޯޓުގެ ގާޒީ އަލީ ނަސީރު މަގާމު މެޖިސްޓްރޭޓެކަށް ދަށްކޮށް ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްއަކަށް މިއަދު ބަދަލުކޮށްފިއެވެ.

ހުރި މަގާމަށް ވުރެ ދަށް ދަރަޖައިގެ މަގާމަކަށް ބަދަލުކުރުމަކީ ފަނޑިޔާރަކަށް އެޅޭނެ ފިޔަވަޅެއް ކަމަށް ޖޭއެސްސީގެ ގާނޫނުގައި އޮވެއެވެ. އަލީ ނަސީރުގެ ސުލޫކީ މައްސަލަ ސާބިތުވުމުން އެ ކޮމިޝަނުން މިދިޔަ ހަފްތާގައި ނިންމީ އެ ފިޔަވަޅު އަޅައި މެޖިސްޓްރޭޓު ކޯޓަކަށް ބަދަލު ކުރުމަށެވެ.

ކޯޓަށް ހުށަހެޅިފައިވާ ކަންކަމާމެދު ފައިސަލާކޮށް ގޮތެއް ނިންމުމުގެ ބަދަލުގައި ވަކި މުއްދަތެއްވީ މައްސަލައެއް ފަނޑިޔާރުގެ އަތުގައި ނުބޭއްވުމުގެ މަގްސަދުގައި މައްސަލައިގެ ހަސްމުން އެދިފައި ނުވާ ގޮތެއްގެ މައްޗަށް މައްސަލައިގައި ޙުކުމްކޮށް މައްސަލަ ކޯޓުން ނުބަލައި ބޭރުކުރުމަކީ އަދުލުއިންޞާފު ގާއިމްކުރުމުގެ އަސާސީ އުސޫލުތަކާ ހިލާފު އަދި ފަނޑިޔާރުގޭގެ މުޤައްދަސްކަމާއި އިތުބާރަށް އެކަމުގެ ސަބަބުން އަސަރުކޮށް ނާޖާއީޒުގޮތުގައި ކޯޓުގެ ނިންމުންތައް ބޭނުން ހިފުމުގެ ފުރުޞަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ހުޅުވިގެންދާފަދަ ކަމެއްކަމަށް ވެސް ޖޭއެސްސީ އިން ވިދާޅުވިއެވެ.

ގާޒީ އަލީ ނަސީރު ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރުގެ ކުރިން ވެސް އޭނާ މެޖިސްޓްރޭޓްކަން ކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.