އިދިކޮޅު ކޯލިޝަންގެ ތަޢުޒިޔާ ސުލްޠާންގެ ޢާއިލާއަށް

އިދިކޮޅު ކޯލިޝަންގެ ތަޢުޒިޔާ ސުލްޠާންގެ ޢާއިލާއަށް

Author
މުޙައްމަދު ޝަޒައިމް
28 ސެޕްޓެމްބަރ 2021 12:12
0

މިދިޔަ ހޮނިހިރު ދުވަހު ތަމްރީނެއް ހެދުމަށް އިންޑިއާގައި ހުއްޓާ ނިޔާވި ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާންގެ ޢާއިލާއަށް އިދިކޮޅު ކޯލިޝަނުން ތައުޒިޔާ ދަންނަވައިފިއެވެ.

އެކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އއ. ހިމަންދޫ ރޯޒްމީޑް މުޙައްމަދު ސުލްޠާން އިންޑިއާގެ ޕޫނޭގައި ސިފައިންގެ ތަމްރީނުތަކެއް ފުރިހަމަ ކުރަމުން ދަނިކޮށް ނިޔާވި ޚަބަރު އެހީ ވަރަށްވެސް ފުން ހިތާމައާއި އަސަރާއިއެކުގައިކަމަށެވެ.

ލާންސް ކޯޕްރަލް މުޙައްމަދު ޝުލްޠާން އަކީ އެންމެންނާވެސް ގުޅޭ އަދި އެހާމެ ހިތްވަރު ގަދަ ކުޅަދާނަ ސިފައިންގެ ބޭކަލެއް. މަރްޙޫމް މުޙައްމަދު ސުލްޠާން ގެ ފުރާނަފުޅަށް މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުމަށް ދުޢާކުރަން.

– އިދިކޮޅު ބަޔާނުގައިވެއެވެ.

މުޙައްމަދު ސުލްޠާންގެ ލޮބުވެތި ޢާއިލާއާއި އެކުވެރިންނަށް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް ކުރިމަތިވެފައިވާ ފުން ހިތާމައިގައި އެކޯލިޝަންގެ އެންމެހާ މެންބަރުން ބައިވެރިވެ، ސުލްޠާންގެ ޢާއިލާއާއި އެކުވެރިންނަށް އަދި އެންމެހާ ސިފައިންނަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި މިކޯލިޝަންގެ ލީޑާރޝިޕާއި، ކައުންސިލް މެންބަރުންނާއި، ޕާލަމަންޓްރީ ގްރޫޕްގެ މެންބަރުންނާއި ސްޓިއަރިންގ ކޮމިޓީތަކާއި އަދި މިކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި ތަޢުޒިޔާ ދަންނަވާ، ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުން އެދި ދުޢާ ކުރާކަމަސް މި ބަޔާނުގައި ބުނެފައިވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑަމީގައި ތަމްރީނު ހަދަމުން ދަނިކޮށް ކުއްލިގޮތަކަށް ނިޔާވި ދިވެހި ޤައުމީ ދިފާޢީ ބާރު އެމްއެންޑީއެފުގެ ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާން އިބްރާހީމްގެ ޖަނާޒާ އަސްކަރީ ޢިއްޒަތުގައި ރޭގައި ވަނީ ބާއްވާފައެވެ.

އއ.ހިމަންދޫ ރޯޒްމީޑް، ޢުމުރުން 22 އަހަރުގެ ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާން ސިފައިންގެއާއި ގުޅުނީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ. މުޙައްމަދު ސުލްޠާން ފުރިހަމަކުރަމުންދިޔައީ މިއަހަރުގެ މާރިޗް 1އިން 2024ވަނަ އަހަރުގެ މާރިޗް 15އަށް އިންޑިއާގެ ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށްގެންދާ 145 ވަނަ އޮފިސަރ ކެޑޭޓް ކޯހެވެ.

އޭނާ ނިޔާވުމާއި ގުޅިގެން އިއްޔެގެ އިރުއޮއްސި 6:00 އިން ފެށިގެން 48 ގަޑިއިރަށް ސިފައިންގެ މަރުކަޒުތަކުގައި ހުންނަ ސިފައިންގެ ދިދަ ބައިދަނޑިއަށް ވަނީ ތިރިކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.