މާރުކޭޓުގެ ގޮޅިތަކުގެ ވެރިންނަށް 2 ފާހާނާ ސިޓީ ކައުންސިލުން ހަދައިދީފި

މާރުކޭޓުގެ ގޮޅިތަކުގެ ވެރިންނަށް 2 ފާހާނާ ސިޓީ ކައުންސިލުން ހަދައިދީފި

Author
މުޙައްމަދު ޝަޒައިމް
28 ސެޕްޓެމްބަރ 2021 10:34
0

ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިތަކުގެ ވެރިންނަށް ޚާއްސަ 2 ފާހާނާ މާލެ ސިޓީ ކައުންސިލުން ހަދައިދީފިއެވެ.

މިއީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުއިއްޒު މާލޭގެ މެޔޭރުކަމަށް އައުމަށް ކުރި ކެމްޕެއިންގައި މާރުކޭޓަށް ޒިޔާރަތްކުރުމުން އެތަނުގެ ގޮޅިންގެ އެދުނު ކަމެކެވެ. ފާހާތަކުގެ މަސައްކަތް ނިންމައި، މިހާރު ބޭނުންކުރެވޭނެ ގޮތްވަނީ ހަދާފައެވެ.

މާލޭގެ ދަތުރުވެރިންގެ މާރުކޭޓާއި، މަސްމާރުކޭޓުގައިވެސް ފާޚާނާ ކުރެވޭނެ ގޮތެއް މީގެކުރިން ނެތުމަކީ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ހުރިކަމެއްކަމެކެވެ.

މިކަންކަމަކީ މާލެ ސިޓީ ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގައި މަސްވެރިންނާއި، މާރުކޭޓް ބޭނުން ކުރަމުންދިޔަ ފަރާތްތަކުން އެންމެ ބޮޑަށް ފާޅު ކުރަމުންދިޔަ ކަންބޮޑުވުންތަކެވެ. މިކަންކަމަށް އަވަސް ހައްލު ތަކެއް ގެނައުމަކީ އެންމެ ބޮޑު އަމާޒުކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.