އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް، ފޮޓޯ: މަޖިލިސް

ޔާގޫތުގޭ ޓެރަސްމަތީގަ ބަހަން 3 ދަބަހުގެ ފައިސާ ފޮނުވި: ސަލީމް

ޔާގޫތުގޭ ޓެރަސްމަތީގަ ބަހަން 3 ދަބަހުގެ ފައިސާ ފޮނުވި: ސަލީމް

ގުޅުންހުރި

އެމްއެމްޕިއާސީގެ ފައިސާގެ ތެރެއިން ބެހި 35 މިލިއަނެއްގެ ވާގަކަވެސް އެބަދައްކާ ކަމަށާއި، މި 35 މިލިއަން މިއީ ނުނަގާ ފައިސާތޯއާއި، އަދި އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން ބަހަން ގެންދިޔައީ ކަޅު ދަބަސް އެއްދަބަސް ނުވަތަ ދެދަބަސްތޯ ސުވާލުކުރައްވަމުން، މިފައިސާތައް ބަހަން ގެންދިޔަތަން ދެކުނު މީހުން މިހާރުވެސް އެބަތިބި ކަމުގައި، ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމްގެ އޮފީހުގައި އޮތް އެޕާޓީގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ކަޅު ދަބަހުގައި ބަހަން ގެންދިޔަ ފައިސާތައް ހިފައިގެން ދިޔަތަން ދެކުނު މީހުން އެޖަލްސާގައިވެސް ތިބިކަމަށާއި، ރައީސް ޔާމިނުގެ މައްޗަަށް ތުހުމަތުކޮށް މިހާރު ކުރިޔަށް ގެންދާ މައްސަލަ ކުރިޔަށް ނުގެންދެވޭނެ ކަމުގައެވެ. އަދި ވިދާޅުވީ ރައީސް ޔާމީނުގެ މައްސަލަ ޖެހޭނީ ބާއްވަން ކަމަށާއި، އެމްއެމްޕީއާރުސީގެ މައްސަލަތައް ބަލަން ފަށަން ޖެހޭނީ އެންމެ މަތިން ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ މައްސަލަތައް އެންމެ މަތިން ބަލަން ނުފަށާނަމަ ރައީސް ޔާމިނުގެ މައްސަލަޖެހޭނީ ބާތިލް ކުރަން ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ޔާގޫތުގޭ ޓެރަސްމަތީގަ ބެހީ ކިތައް ދަބަސްތޯ؟ ތިން ދަބަހުގެ ފައިސާ ފޮނުވި ބަހަން. އެވެސް އެބަހުރި އެގެން. އިބުރާއަށްވެސް އެގޭނެ އެކަން.

– ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މިގޮތަށް ބަހަން ފޮނުވީ މިކަހަލަ އެއްދަބަސް ދެބަހެއް ނޫން ކަމަށާއި، އެމްއެމްޕީއާރުސީގެ ފައިސާ ވަގަށް ނެގީ އެމްޑީޕީގެ މީހުންކަމަށާއި، ރައީސް ޔާމިންގެ ވެރިކަމުގައި ޕީޕީއެމްގެ މީހަކަށް ފައިސާ އޭރު ދޭކަށް ނުޖެހޭނެ ކަމަށެވެ. އަދި އޭރު ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކަށް ޚަރަދު ކުރަންޖެހޭ ފައިސާ ހުންނާނީ އަދީބު އަތުގައި ކަމަށް ވިދާޅުވަމުން ސަލީމް ވިދާޅުވީ ޕިޕީއެމްގެ އިންތިޚާބުތަކާށާއި އެނޫންވެސް ސިޔާސީ ހަރަކާތްތަކަށް ޚަރަދުކުރަން ވިޔަފާރިވެރިންނާ އަދި ބޭރުގެ އެކި ފަރާތްތަކުންވެސް ފައިސާ ދޭނެކަމަށާއި އެހުރިހާ ފައިސާއެއްވެސް ހުންނާނީ އަދީބު އަތުގައިކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

އެހެންކަމުން އޭރު ޕީޕީއެމްގެ އެއްވެސް މެމްބަރަކު ރިޝްވަތު ދީގެން ވޯޓު ދޭން ނުޖެހޭނެ ކަމަށާއި، އަދި ޕީޕީއެމް މެމްބަރުން އޭރު ވޯޓު ދީފައި ހުންނާނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން ނިންމާގޮތަކަށް ކަމަށާއި އޭގެ އިތުރުން ސަރުކާރުން ފޮނުވާ ބިލްތަކަށް، ސަރުކާރަށް ފެންނަ ގޮތަކަށްކަމަށްވެސް މިޖަލްސާގައި ވާހަކަ ދައްކަވަުން ސަލީމް ވިދާޅުވިއެވެ.

ޕީޕީއެމްގެ މެމްބަރުން ނުޖެހޭނެ ރިޝްވަތު ހިފާކަށެއް. އެމްޑީޕީ މީހުން ރިޝްވަތު ހިފީ. އެމީހުންގެ އެއްވެސް މައްސަލައެއް ނުބަލާ. މިބަލަނީ، ކޮންބައެއް،؟ ކުރީގެ ޕީޖީ ލީޑަރު ނިހާނުގެ މައްސަލަ، ދެން ޖެހިގެން ހުރި މީހާގެ މައްސަލަ، އެންމެ ފުރަތަމަ ފެށީ ރައީސް ޔާމީނު، ދެން އެހެން ގޮސް އޭރުގެ ނާއިބު ރައީސް ޖިހާދު މިހެންގޮސް އޭގެ ތިރިއަށް ނޫންތޯ މިއަންނަނީ؟

ސަލީމް ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ އެމްއެމްޕީއާރުސީން ގެއްލުނު 1.2 ބިލިއަން ރުފިޔާ ވީ އެމްޑީޕީ މީހުންގެ އަތުގައި ކަމުގައެވެ. އަދި ވިދާޅުވީ އެފައިސާ އަތުލަންވީ އެމީހުން އަތުން ކަމަށާއި އެމްޑީޕީގެ ގިނަ މީހުން އެފައިސާ ނަގާފައިވަނީވެސް، މިއީ ވަގު ފައިސާކަން ކަނޑައެޅިގެން އެގުނު ފަހުން ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ