ޖޭއެސްސީއަކީ މިހާރު ކޮމިޝަނެއްނޫން، އެއީ ޕްރައިވެޓް ކުންފުންޏެއް: ސަލީމް

ޖޭއެސްސީއަކީ މިހާރު ކޮމިޝަނެއްނޫން، އެއީ ޕްރައިވެޓް ކުންފުންޏެއް: ސަލީމް

Author
މުޙައްމަދު ޝަޒައިމް
28 ސެޕްޓެމްބަރ 2021 08:17
0

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަކީ، މިހާރު ކޮމިޝަނެއް ނޫންކަމަށާއި، އެއީ ޕްރައިވެޓް ކުންފުންޏެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ޖުޑިޝަލް ސާވިސް ކޮމިޝަނަކީ ރައީސް ނަޝީދާއި، ރައީސް ނަޝީދުގެ ލީޔަރުންގެ ޓީމުން އުފައްދާފައިވާ ޕްރިވެޓް ކުންފުންޏެއްކަމަށެވެ. އެކުންފުންޏަކީ މިއަދު އަމިއްލަ މަސްލަހަތުގައި މަސައްކަތްކުރާ ވަކި އަމާޒަކަށް މިސްރާބުހުރި ކުންފުންޏެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޖޭއެސްސީ ޕްރައިވެޓް ލިމިޓެޑްގައި ހުރި ރައީސް، ރައީސްކަމުން އިސްތިއުފާދެއްވާފައި މިހާރު ހުންނަނީ އަންހެން ބޭކަނބަލަކަށް ރައީސްކަން ހަވާލުކުރައްވާފައި. އެމަނިކުފާނު ގޮސް މިހާރު އެހުންނަވަނީ ބޭރުގައި. މިތަނަކީ މީ އެއްކަލަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގަންނަވަންވެގެން އެންމެ ވަރުގަދައަށް ދެއްކެވި ވާހަކަ. މިތާގައިވެސް މިތިބީ ކޮންބައެއްތޯ. މިމީހުން ލާފަ ތިބި ކަނޑުކޮހުންތަކެއް. ހަމަ އެއްވެސް ތަސައްވުރު ފުދޭ ބައެއްނޫން.

– އަޙްމަދު ސަލީމް

ސަލީމް ވިދާޅުވީ ދައުލަތުގެ ވަކީލުންނަށް މަނީ ލޯންޑަރ ކުރި މީހުންނަށް ދައުލަތުން ދައުވާކުރަންވެސް ބޭނުންނުވާ ކަމަށާއި އެހިސާބުން ހުރިހާ މައްސަލައެއް ބާޠިލްވީކަމަށެވެ.

އެސްއޯއެފްގެ މައްސަލަ ނުބަލައެއް އެހެން މައްސަލައެއް ކުރިއަކަށް ނުގެންދެވޭނެ. ކިހިނެއްތޯ ގެންދާނީ؟ މައްސަލައިގެ އަސްލު ގެއްލުނީމަ ދެން ކޯޗެއްތޯ ކުރިއަށް ގެންދާނީ؟ މަކަރާ ހީލަތް އޭގެ ތެރެއަށް ވަދެއްޖިއްޔާ އިސްލާމީ ޝަރީއަތުގައި އެ ހުރިހާ ކަމެއް ބާޠިލްވީ.

– ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ މިހާރު އެއޮތީ ސުޕްރީމް ކޯޓުގައި ނިމިފައި ކަމަށާއި ދެން އެމައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ކޭސްގައި އެއްވެސް މީހަކާ ގުޅޭގޮތުން މަނީ ލޯންޑަރިންގ މައްސަލަ ކުރިއަކަށް ނުދެވޭނެ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ މިހާރުވެސް އެސްއޯއެފްއިން ފައިސާ ޖަމާވި ތިންސަތޭކަ އެއްހާ މީހުންގެ ތެރެއިން ވިއްސަކަށް މީހުން މުއާމަލާތް ރަނގަޅު ކަމަށް ފަތްކޮޅު ދީފައި އެބަތިބި ކަމަށް ސަލީމް ވިދާޅުވިއެވެ.

އެސްއޯއެފަށް ޖަމާވި ވަގުލާރިން 20 މީހުން ސަލާމަތްވެއްޖެ. ރަނގަޅު މުއާމަލާތޯ؟ ދެން ކާކު ސަލާމަތްނުވަނީ އޭގެއިން؟ ބަލަ އެންމެންވެސް ތިބީ ސަލާމަތްވެފައި. މައްސަލަ އެއޮތީ ބާތިލްވެފައި. އެއްބަޔަކު ކުށްވެރިވެފައި އަނެއް ބަޔަކު ސަލާމަތްވަނީ.މީ އަޖައިބެއް ކަހަލަ ކަމެއްނު؟

– ސަލީމް ސުވާލު ކުރެއްވިއެވެ.

ސަލީމް ވިދާޅުވީ އެސްއޯއެފް ކުންފުންޏަކީ މިމައްސަލައެއް އުފެދުމުގެ ކުރިން މިމީހުން ދަންނަ ތަނެއްވެސް ނޫންކަމަށާއި އެސްއޯއެފުން ފައިސާ ޖަމާވި ލިސްޓުގައި ހިމެނޭ ކަމަށްބުނެ އޭނާ ވެސް އޭސީސީއަށް ހާޒިރު ކުރި ކަމަށެވެ. ސަލީމް ވިދާޅުވީ އެމްއެޕީއާރްސީގެ 35 މިލިއަނެއްގެ ވާހަކަވެސް އެބަދެކެވޭ ކަމަށާއި އޭގެ 3 ހަތަރު ކަޅު ދަބަސް ގެންދިޔަ ކަމުގެ ވާހަކަތައް ދެކެވެމުންދާ ކަމަށެވެ. އެދަބަސް ހިފައިގެން ދިޔަތަން ދުށްމީހުން އެބަތިބި ކަމަށާއި މިތިބީ މައްސަލަ ސާބިތުކޮށްދޭން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.