ކޯވިޑަށް އިތުރު 122 މީހުން ޕޮޒިޓިވްވެއްޖެ

ކޯވިޑަށް އިތުރު 122 މީހުން ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޖިމީ
27 ސެޕްޓެމްބަރ 2021 10:01
0

ރާއްޖެއިން އިތުރު 122 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 38 މީހުންނާއި އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވީ 78 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 2 މީހުންނާއި ސަފާރީތަކުން ޕޮޒިޓިވްވި 4 މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަވަނީ 84،484 އަށް އަރާފައެވެ. އެޗްޕީއޭގެ ތަފާސް ހިސާބަށް ބަލާއިރު ފަހަކަށް އައިސް އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވަމުން އަންނަނީ އަތޮޅުތެރޭގެ ރަށްރަށުންނެވެ. މާލެ ސަރަޙައްދުން ޕޮޒިޓިވްވާ މީހުންގެ ޢަދަދު އެވްރެޖްކޮށް ހުންނަނީ 50 އަށްވުރެ ދަށުގައެވެ.

އެންމެ ފަހުން ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖޭގައި މިވަގުތު 1،564 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 16 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 244 މީހަކު ކޯވިޑް ބަލިން ރަނގަޅުވެފައިވާއިރު މިހާތަނަށް މިބަލިޖެހުނު މީހުންގެ ތެރެއިން 82،676 މީހަކުވަނީ ބަލިން އެއްކޮށް ރަނގަޅުވެފައިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ބަލި ދެނެގަތުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 4،119 ސާމްޕަލްވަނީ ޓެސްޓުކޮށްފައެވެ.

ރާއްޖެއިން ވަނީ ކޯވިޑް ބަލީގައި 231 މީހުން ނިޔާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.