ވަށާޖެހޭ ފަތުރުވެރިކަމަށް ޘަޤާފީ ފަތުރުވެރިކަން ކުރިއެރުވުން މުހިންމު: ޔުމްނާ

ވަށާޖެހޭ ފަތުރުވެރިކަމަށް ޘަޤާފީ ފަތުރުވެރިކަން ކުރިއެރުވުން މުހިންމު: ޔުމްނާ

Author
މުޙައްމަދު ޖިމީ
27 ސެޕްޓެމްބަރ 2021 06:35
0

ފަތުރުވެރިކަން ވަށާޖެއްސުމަށް ސަގާފީ ފަތުރުވެރިކަން ކުރިއަރުވައި ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހި ފަންނާނުންނަށް އިތުރު ފުރުޞަތުތައް ފަހިވުން މުހިންމުކަމަށް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގެ ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.

މިނިސްޓަރ ޔުމްނާ ވިދާޅުވީ، ރާއްޖެއަކީ މުއްސަނދި ސަގާފަތެއް ލިބިފައވާ، ހުނަރުވެރި ފަންނާނުންތަކެއް ދިރިއުޅޭ ޤައުމެއްކަމަށެވެ. އެހެންކަމުން ފަތުރުވެރިކަން ވަށާޖެއްސުމަށް ސަގާފީ ފަތުރުވެރިކަން ކުރިއަރުވައި ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހި ފަންނާނުންނަށް އިތުރު ފުރުޞަތުތައް ފަހިވުން މުހިންމުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރުގެ ތެރޭގައި ރާއްޖޭގެ ޘަޤާފަތާއި އާދަކާދަ އިޝްތިހާރުކުރުމަށްޓަކައި ކަލްޗަރަލް ޓުރިޒަމްގެ ދާއިރާއިން މާކެޓިންގ ހަރަކާތްތަކެއް ކުރިއަށްގެންދިއުމާއި ސްޕޯޓްސް ޓޫރިޒަމް އަދި މައިސް ޓޫރިޒަމްގެ ދާއިރާއިން ބޭރު ދުނިޔޭގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރުސީން މީގެކުރިން ވަނީ ބުނެފައެވެ. ނަމަވެސް ކޯވިޑް19ގެ ސަބަބުން މި މަސައްކަތައް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް ވަނީ އައިސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުންޖިޗޭ
ކޮންމެއެއްްޗެއް ވަށާ ޖައްސާ! އެނޫން ކަމެއް ކުރާކަށްނޭގޭނެ. ބޭކާރު މިނިސްޓަރެއްތީ.