މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް އަންހެނަކު ހޯދަން އިއުލާންކޮށްފިއެވެ.
ފުލުހުން ހޯދަން އިއުލާން ކޮށްފައިވަނީ ސ. މަރަދޫ / ޒީނިޔާމަންޒިލް، ހައްވާ ސައުޒާ (22އ) A393768 އެވެ. އޭނާ ހާޒިރުކުރަނީ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގުގައި ސުވާލުކުރުމަށް/ މައުލޫމާތު ސާފުކުރުމަށެވެ.
ފުލުހުން ބުނެފައިވަނީ އޭނާ ހޯދުމަށް އެދިފައިވަނީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށެވެ.
އޭނާ ހާޒިރުވާން ޖެހެނީ ޝަހީދު ހުސައިން އާދަމް ބިލްޑީންގ، 2021 އޮކްޓޯބަރ 5 ވަނަ ދުވަހުގެ 14:00 އަށެވެ.