މޫސުން ގޯސްވެ ދިޔަވަމުން ދިޔަ ސަފާރީގައި ތިބި ހަ މީހެއްގެ ހާލު ދެރަވެގެން މާލެ ގެނެސް ހޮސްޕިޓަލަށް ގެންގޮސްފި އެވެ.
އެ މީހުން މާލެ ގެނައީ ހޭންޑީ ކްރޫސާ ސަފާރީ ނަމަކަށް ކިޔާ ސަފާރީއެއްގައި ތިއްބާ ކޯސްޓްގާޑުގެ ސިފައިންނެވެ. އެމްއެންޑީއެފުން ބުނީ ސަފާރީއަށް ދިޔަވަމުން ދިޔައިރު އެ ވަގުތު އެ އުޅަނދުގައި 17 މީހަކު ތިބި ކަމަށެވެ. ދިޔަވަމުންދިޔައިރު ސަފާރީ އޮތީ ތިލަފުށީގެ ހުޅަނގު ދެކުނުން ހަަތަރު ނޯޓިކަލް މޭލު ބޭރުގަ އެވެ.
އެމްއެންޑީއެފުން ވިދާޅުވީ ކަނޑު ވަރަށް ގަދަވުމުގެ ސަބަބުން މިހާރު މަސައްކަތް ކުރަމުންގެންދަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތްކަމަށެވެ. އެމްއެންޑީއެފުން ވިދާޅުވީ އެ ޙާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ ހެނދުނު 8:39 ހާއިރުކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ ކަނޑުތައް ގަދަވަނެތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މުސުބާ ބެހޭ ޤައުމީ އިދާރައިން ވަނީ އިލްތިމާސްކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ