އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާގެ ރައީސް ކަމަށް ވާދަކުރެއްވި އެ ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްއަށް އެމްޑީޕީގެ މެމްބަރުން ބޮޑުތަނުން ނޫނެކެ ބުނެފިއެވެ.
ނާޒިލް އާއި ވާދަކުރީ ޒުވާން ބޭފުޅެކެވެ. ރައީސް ޞާލިހު ފެކްޝަނަށް ނިސްބަތްވާ އަންސަރު މޫސާ މިއިންތިޚާބު ކާމިޔާބްކޮށްފައިވަނީ ބޮޑު ތަފާތަކުންނެވެ. ނާޒިލްއަކީ ރައީސް ނަޝީދު ފެކްޝަނަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންގެ ފިރިކަލުންނެވެ.
މިއިންތިހާބުން ނާޒިލް ބަލިވެފައިވާއިރު، އޭނާ އަކީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މުޅި ރާއްޖޭއިން އެންމެ ގިނަ ވޯޓު ހޯދައި ގޮނޑި ކަށަވަރު ކޮށްފައިވާ އެއް މެމްބަރެވެ. އައްޑޫސިޓީގެ ގިނަ ދާއިރާތަކެއް ކާމިޔާބުކޮށްފައިވަނީ ރައީސް ޞާލިހުގެ ފެކްޝަނުންނެވެ. އައްޑޫ ސިޓީއަކީ މީގެ ކުރިން ރައީސް ނަޝީދަށް ބޮޑު ތައީދެއް އޮތް ސިޓީއަކަށް ވީނަމަވެސް އެދާއިރާގެ ގިނަ ރައްޔިތުންގެ ތާއީދެއް މިހާރު ރައީސް ނަޝީދަކަށްނެތެވެ.
މިއިންތިޚާބުގައި އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދުކުރި މަޖިލީޙުގެ ގިނަ މެމްބަރުންވެސް ވަނީ ނާކާމިޔާބީއާއި ކުރިމަތިވެފައެވެ. މިއިންތިޚާބުގައި އަލިފުށީ ދާއިރާގެ ގޮޑި ބިގޭ ވަނީ ހަސަންޓޭ ބަލިކޮށް ކާމިޔާބުކޮށްފައެވެ.
ކޮމެންޓު ފޮނުވާ