އިންޑިއާގައި ތަމްރީން ހަދަމުންދިޔަ ސިފައިންގެ މީހަކު ނިޔާވެއްޖެ

އިންޑިއާގައި ތަމްރީން ހަދަމުންދިޔަ ސިފައިންގެ މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޖިމީ
25 ސެޕްޓެމްބަރ 2021 06:11
0

އިންޑިއާގައި ތަމްރީން ހަދަމުންދިޔަ ދިވެހި ސިފައިންގެ މީހަކު ނިޔާވެއްޖެއެވެ. އޭނާ ނިޔާވީ ތަމްރީން ހަރަކާތެއްގައި އުޅެނިކޮށްކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ނިޔާވެފައިވަނީ ޢުމުރުން 22 އަހަރުގެ  ޕްރައިވެޓް މުހައްމަދު ސުލްތާން އިބްރާހިމްއެވެ.

އެމްއެންޑީއެފް އިން ބުނީ އޭނާ ތަމްރީން ހަދަމުންދިޔައީ ނޭޝަނަލް ޑިފެންސް އެކަޑަމީ އިންޑިއާގަކަމަށެވެ. ނިޔާވީ ސިފައިންގެ މީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު އެމްއެންޑީއެފް އިން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.