ދެން އަޑު އަހާލާނީ ކޮން ލަވައެއްގެ ރޮކް މެޓަލް ވަރޝަނެއް؟ ޝަހީދު ލެގަސީ ކައިރީ ބުނެލާ!

ދެން އަޑު އަހާލާނީ ކޮން ލަވައެއްގެ ރޮކް މެޓަލް ވަރޝަނެއް؟ ޝަހީދު ލެގަސީ ކައިރީ ބުނެލާ!

Author
ޢަލީ އާދަމް
02 ނޮވެމްބަރ 2020 05:49
0

އަޙްމަދު ޝަހީދު އެނގެނީ މަދު ބަޔަކަށް އެހެންނޫންތޯއެވެ؟ ނަމަވެސް ޝަހީދު ލެގަސީ އޭ ބުނެފިނަމަ މިހާރު ނޭނގޭމީހެއް ވަރަށް މަދުވާނެއެވެ. އަޅުގަނޑުމެން އެންމެންގެ ޒަމާންވީ "ފޭވަރިޓް ކްލެސިކް" މިއުޒިކްތައް މުޅިން ތަފާތުކޮށް ގެނެސްދޭ މީހެއްކަން ހަމަ ގައިމުވެސް މިއުޒިކާއި ލަވަޔަށް ކޮންމެވެސް ވަރެއްގެ ޝަޢުގެއް ބަހައްޓާ އެންމެނަށް ވެސް އެނގޭނެއެވެ.

ޝަހީދު ލެގަސީގެ މަގުބޫލުކަން އޭނަގެ ސަޕޯޓަރުން ނުވަތަ ފޭނުންގެ މެދުގައި އިތުރުވާ އެއް ސަބަބަކީ އޭނާއާއި ފޭނުންނާ ދެމެދު އޮންނަ ގާތްގުޅުމެވެ. މިކަން އެންމެ ބޮޑަށް އެނގިގެން ދަނީ ސޯޝަލްމީޑިއާގައި ޝަހީދު "ދެން އަޑުއަހާލާނީ ކޯއްޗެއްގެ މެޓަލިކް ވަރޝަން" ތޯ ސުވާލު ކޮށްލުމުން އެއަށް އަންނަ ގިނަ ރިކުއެސްޓް ތަކުންނެވެ. ޝަހީދު މި ފަހުން އާންމުންނަށް ދޫކޮށްލި ގިނަ ކަވަރ ވަރޝަން ތަކަކީ ސަޕޯޓަރުންގެ އެދުމަށް ގެނެސްދިން ގިނަ ހުށަހެޅުންތަކެވެ.

އެގޮތުން ޝަހީދު އެންމެފަހުން ފޭނުންގެ ރިކުއެސްޓަށް ދޫކޮށްލި, ޓީވީއެމްގެ ކޮމެޑީ ސީރީޒް ފްލޯކް ދި އިންޓަރނޭޝަނަލްގެ "ޗައްޕޫ، ޗިއްޕޫ އޭ ޗުއްޕޫ" ވެސް ފޭނުން ގެންދަނީ އެންޖޯއި ކުރަމުންނެވެ. އަސްލު ލަވައިގެ ވޯކަލްގެ މައްޗަށް މެޓަލިކް ގިޓާ ކަވަރ އާއި ޑްރަމް އަޅައި މިކްސް ކޮށްލާފަ އޮތްގޮތް ހަމަ ވަރަށް ތަފާތެވެ.

ރޮކް މެޓަލިޖް ޖޮންރާ އަށް އެންމެ ކުރީއްސުރެ ލޯބި ޖެހުނު ޝަހީދަކީ އެއް އިރެއްގައި ވެސް ލަވަތަކުގެ ކަވާސް ކުޅޭ ހިތްވި މީހެއް ނޫންކަމަށް އޭނާ ބުނެއެވެ. މުޅިންވެސް އަމިއްލަ އެއްޗެކޭ ބުނެވޭނެ ފަދަ މިއުޒިކްތަކެއް އުފެއްދުމަށް ޝައުޤުވެރިކަން ހުރި ޝަހީދަށް ފުރަތަމަ އެފުރުސަތު ލިބުނީ 2000ގެ ކުރީކޮޅު އަމިއްލަ ގިޓައެއް އަތަށް އެރި ހިސާބުންނެވެ. މިއާއެކު ފުރަތަމަ ސޯލޯ އަލަބަމް "ދަ ސެކްރެޑް ލެގަސީ" ގެ މަސައްކަތްފަށައި 2006 ހަވަނަ އަހަރު އެއަލްބަމް އާންމުންނަށް ދޫކޮށްލިއެވެ. ޝަހީދުގެ "ލެގަސީ"ގެ ފެށުމަކީ މިއީ އޭވެސް ބުނެވިދާނެއެވެ.

ޝަހީދު އިންސްޓްރޫމެންޓަލް ކަވަރތައް މިހާރު ގެނެސްދެނީ އޭނާބުނާގޮތުންނަމަ،

" އަސްލު ޝަހީދުގެ 4 ވަނަ އަލްބަމް ރިލީޒްކޮށްފަ ބޭނުންވީ ޔުނީކް ކަމެއް ކޮށްލަން، ދިވެހި ފޭނުންނަށް ކަމުދާނެކަހަލަ. އެންމެން އައިޑިއަރ ދިނީ ކުރީގެ ދިވެހި ލަވަތަށް ރޮކް ނޫނީ މެޓަލިކް ކޮށް އިންޓްރޫމެންޓަލް ގޮތަކަށް ނެރެން"

– ޝަހީދު ލެގަސީ

ޝަހީދު ލެގަސީގެ ތަފާތުކަމާއި ކްރިއޭޓިވިޓީ މީގެންވެސް އެބަ ފެނޭ އެހެންނޫންތޯއެވެ.

ރޮކްމެޓަލް ކަވަރގެ ގޮތުގައި ޝަހީދު ބެލުންތެރިންނަށް ގެނެސްދީފައި ހުރީ ހަމައެކަނި ދިވެހި ނޫނީ އިނގިރޭސި ލަވަތަކެއް ނޫނެވެ.

އަދި މީގެއިތުރުން އާންމުންގެ މެދުގައި މަޤްބޫލު ސީރީޒް ތަކާއި ފިލްމުތަކާއި ގޭމު ތަކުގެ ތީމްގެ ވެސް މެޓަލިކް އިންސްޓްރޫމެންޓަލް ޝަހީދު ވަނީ ގެނެސްދީފައެވެ.

ޝަހީދަކީ އެއް އިރެއްގައިވެސް ރިސޯޓު މިއުޒިކަށް ދާން ބޭނުންވާ މީހެއް ނޫނެވެ. އެކަމުން ލިބޭ ފައިދާ ވެސް ނޭނގެނީ އެއް ނޫނެވެ. ނަމަވެސް ޝަހީދު ބޮޑަށް ބޭނުންވީ ދިވެހިންގެ ތެރޭގައި މާބޮޑު މަޤްބޫލުކަމެއް ނުލިބި އޮތް ރޮކް މެޓަލިކް މިއުޒިކުން ނަން ވިދާލާ ތަރިއަކަށް ވުމަށެވެ. ޔަޤީނުންވެސް ދުނިޔޭގެ ފެންވަރުގައި ޝަހީދުގެ "ލެގަސީ" މީހުން ބަލައިގަނެއްޖެ އެވެ. އެކަން އޭނާގެ ހަތަރުވަނަ ސޯލޯ އަލްބަމް "ގޭޓްވޭސް"އަށް މުޅި ދުނިޔެއިން ލިބުނު ތަރުހީބުން އެނގިގެން ދެއެވެ.

4 ވަނަ ސޯލޯ އަލްބަމަށްފަހު، ތަފާތު ކަމެއްގެ ގޮތުން ދިވެހިން މިސްޓައިލްގެ މިއުޒިކަށް ހިތް ޖައްސުވަން ޝަހީދު ފެށި މަސައްކަތް ވެސް ކާމިޔާބު ކަމުގައި ބުނެވިދާނެއެވެ. ދިވެހިންގެ މެދުގައި މަޤްބޫލު ބައެއް ލަވަތަކާއި މިއުޒިކްތައް މެޓަލްކޮށްލުމުން އެ ހުންނަ ހިތްގައިމު ކަމާއެކު، ޝަހީދު އެތަކެތި ހުށަހަޅައިދޭ ގޮތްގަނޑު ވެސް ތަފާތެވެ. މިފަދަ ކޮންމެ ކަވަރ އެއްވެސް އޭނާ ގެނެސްދެނީ މީހުން ބަލާހިތްވާ ކަހަލަ މަޖާ ވީޑިއޯއެއްގެ ގޮތުގައެވެ.

ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމަކުން ކަހަލަ ގޮތަކަށް ޝަހީދުގެ މި ތަފާތު މަސައްކަތްތައް ފެންނަން އެބަހުއްޓެވެ. ޔޫޓީއުބް، ޓުވިޓަރ، ފޭސްބުކްގެ އިތުރުން އިންސްޓަރގްރާމުން ވެސް އެތައް ހާސް ބަޔަކު ޝަހީދު ލެގަސީ ފޮލޯ ކުރަމުން ގެންދެއެވެ. މި ޕްލެޓްފޯމްތަކުން ޝަހީދު ފޮލޯކުރާ ހުރިހާ ފޭނުންނަށްވެސް އޭނާ ބުނެލަނީ "ރޮކް މެޓަލްކޮށް ދެން އަޑުއަހާލަން ބޭނުންވަނީ ކޯއްޗެއް ތޯ؟" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.