ރަށްރަށުން ޕޮޒިޓިވްވި 88 މީހުންނާއެކު ޢަދަދުތައް 126އަށް

ރަށްރަށުން ޕޮޒިޓިވްވި 88 މީހުންނާއެކު ޢަދަދުތައް 126އަށް

Author
މުޙައްމަދު ޖިމީ
25 ސެޕްޓެމްބަރ 2021 10:02
0

ކޯވިޑް-19 އަށް އިތުރު 126 މީހުން ރާއްޖެއިން ޕޮޒިޓިވްވެއްޖެއެވެ.

މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 32 މީހުންނާއި އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވީ 88 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 4 މީހުންނާއި ސަފާރީތަކުން ޕޮޒިޓިވްވި 2 މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަވަނީ 84،290 އަށް އަރާފައެވެ. އެޗްޕީއޭގެ ތަފާސް ހިސާބަށް ބަލާއިރު ފަހަކަށް އައިސް އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވަމުން އަންނަނީ އަތޮޅުތެރޭގެ ރަށްރަށުންނެވެ. މާލެ ސަރަޙައްދުން ޕޮޒިޓިވްވާ މީހުންގެ ޢަދަދު އެވްރެޖްކޮށް ހުންނަނީ 50 އަށްވުރެ ދަށުގައެވެ.

އެންމެ ފަހުން ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖޭގައި މިވަގުތު 1614 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 15 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 123 މީހަކު ކޯވިޑް ބަލިން ރަނގަޅުވެފައިވާއިރު މިހާތަނަށް މިބަލިޖެހުނު މީހުންގެ ތެރެއިން 82،432 މީހަކުވަނީ ބަލިން އެއްކޮށް ރަނގަޅުވެފައިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ބަލި ދެނެގަތުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 3،893 ސާމްޕަލްވަނީ ޓެސްޓުކޮށްފައެވެ.

ރާއްޖެއިން ވަނީ ކޯވިޑް ބަލީގައި 231 މީހުން ނިޔާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.