އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅޭގޮތުން އިއްޔެ ބޭއްވި ނޫސްކޮންފަރެންސުގައި، އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ދެއްކި ވާހަކަތަކެއް ކަމަށްބުނެ މީޑިއާއަކުން ފެތުރި ޚަބަރަކާއި ގުޅިގެ މާލެ ދާއިރާގެ ރައީސްކަމަށް ކުރިމަތިލައްވާ އަކްރަމް ކަމާލުއްދީން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިއްޖެއެވެ.
އަކްރަމް ވަނީ އޭނާ ހަސަން އާއި ދެބޭފުޅުން ވަޓްސް އަޕުން ދެއްކި ވާހަތައް ޓުވިޓާގައި ހިއްސާ ކުރައްވާފައެވެ. ޚަބަރު ހަސަންއާއި ހިއްސާ ކުރުމަށްފަހު އަކްރަމް ވިދާޅުވެފައިވަނީ ވަރަށް ފައްކާ އިގޯތޯ، މިހެންނެވެ. ހަސަން ވިދާޅުވެފައިވަނީ އޭނާ ޕްރެސް ކޮންފަރެންސްގައި އަކްރަމަށް އިންތިޚާބުގައި ވާދަ ނުކުރެވޭނެކަމަށް ބުނެފައި ނުނާވެނެކަމަށެވެ. އަދި އަކްރަމަށް ވާދަނުކުރެވޭނެކަމަށް އެންމެ ފުރަތަމަ ނިންމި އިރު ނިންމީވެސް އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލިސް އަކުން ނޫންކަމަށެވެ.
— Akram Kamaludeen (@Akramkdeen) September 24, 2021
ހަސަންގެ މިވާހަތަކާއި ގުޅިގެން އަކްރަމް ވިދާޅުވީ މިކަމާއި ގުޅިގެން ހަސަން ސްޓޭޓްމަންޓެއް ނުނެރުނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ މާލެ ދާއިރާގެ ރައީސް ކަމަކީ މިއިންތިޚާބުގެ އެންމެ ވާދަވެރިކަން ބޮޑު އެއް ދާއިރާއެވެ. މާލެ ސިޓީގެ ރައީސްކަމަށް އަކްރަމާއި ވާދަ ކުރައްވަނީ ރައީސް ނަޝީދު ތާއީދު ކުރައްވާ މާލެ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުހައްމަދެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އަކްރަމާއި، މިހާރުގެ ޔޫތު މިނިސްޓަރ މަހުލޫފަށް ވާދަނު ކުރެވޭނެކަމަށް އެމްޑީޕީން ފުރަތަމަ ނިންމިއެވެ. ނަމަވެސް ފަހުން ވަނީ އެނިންމުން ބަދަލުކޮށް ދެބޭފުޅުންނަށްވެސް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް ކަނޑައަޅާފައެވެ.
ކޮމެންޓު ފޮނުވާ