މާދަމާ އޮންނަ އެމްޑީޕީގެ ޤައުމީ މަޖިލިސް އިންތިޚާބުގައި ތ.ގުރައިދޫގައި ކޯވިޑްގެ ހާލަތު އޮތްގޮތުން ވޯޓުލުން ކުރިއަށް ނުގެންދިއުމަށް ކުރިން ނިންމި ނިންމުން ބަދަލުކޮށް، އެދާއިރާގައި ވޯޓުލުން ކުރިއަށް ގެންދިއުމަށް ނިންމައިފިއވެެ.
އެމްޑީޕީން ބުނެފައިވަނީ ދާއިރާތަކުގެ އިންތިޚާބު 2021 ގެ ވޯޓުލުން، 25 ސެޕްޓެމްބަރ 2021 ގައި މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވިއަސް، ކޯވިޑް 19 ގެ ހާލަތަށް ބަލައި ތ. ދިޔަމިގިލީގައި ވޯޓު ނުލާނެ ވާހަކަ އިއްޔެ އިޢުލާނު ކޮށްފައިވާނެކަމަށެވެ. އެ ދާއިރާގެ ގުރައިދޫއާއި ގާދިއްފުއްޓާއި، މި 2 ރަށުގައި އޮންނާނީ ޕްރޮވިންސް (މެދު ދެކުނު) ގެ މަގާމުތަކުގެ އިންތިޚާބު އެކަނި ކަމުގައި އިއްޔެ އިއުލާން ކުރެވުނު ކަމަށެވެ.
ނަމަވެސް، މި މައްސަލައިގައި، އިންތިޚާބު ކޮމިޓީއަށް ހުށަހެޅުނު ޝަކުވާތައް ބެލުމަށް ފަހު، އިހުގައި ކޮމިޓީއިން ނިންމި ގޮތް މުރާޖަޢާކުރުމަށް ކަނޑައަޅައި، އެ ދާއިރާގެ ގުރައިދޫއާއި ގާދިއްފުށީގައި، ޕްރޮވިންސްގެ މަގާމުތަކަށް ވޯޓުލުމުގެ އިތުރުން، ދާއިރާގެ މަޤާމުތަކަށް ވޯޓުލުން ވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައިކަމަށެވެ.
މިހެން މިކަން ބަދަލުވުމުން، ތ. ގުރައިދޫ ދާއިރާގެ ވަކި މަޤާމަކަށް ހޮވޭ ފަރާތާއި، އެ ފަރާތާ ވިދިގެން އެންމެ ގިނަ ވޯޓު ލިބުނު ފަރާތާ ދެމެދު އޮތް ފަރަޤަކީ، ތ.ދިޔަމިގިލީގައި ވޯޓުލީނަމަ، ނަތީޖާއަށް ބަދަލުއަންނާނެ ފަރަޤެއް ކަމުގައިވާ ނަމަ، ތ. ދިޔަމިގިލީގައި އޮތް ކޮވިޑްގެ ޙާލަތު ފިލުމުން، އެ ރަށުގައި ވޯޓު ނެގުން، ފަހުގެ ތާރީޚުގައި އޮންނާނެކަމަށެވެ.
އަދި ޕްރޮވިންސްގެ ވަކި މަޤާމަކަށް ހޮވޭ ފަރާތްތަކުގެ ދެމެދުގައި ވެސް މި ގޮތަށް ދިމާވެއްޖެ ނަމަ، ތ. ދިޔަމިގިލީގައި، ފަހުގެ ތާރީޚެއްގައި ވޯޓު ނެގުން އޮންނާނެ ކަމުގައި އެމްޑީޕީން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ