ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ އުމުރުން 46 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ބިޔާވެފައިވަނީ ރޭ ދަނވަރުއެވެ. އަދި އޭނާގެ ޖަނާޒާ މިއަދު ހެނދުނު ވަނީ ބާއްވާފައެވެ. ނަމަވެސް އަދި މިހާތަނަށް އެޗްޕީއޭއިން މިކަން ކަށަވަރު ކޮށްދީފައި ނުވެއެވެ.
މިމަރާއިއެކު ރާއްޖެ އިން ކޯވިޑްގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 230 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ 213 ދިވެހިންނާއި 17 ބިދޭސީންނެވެ.
ރާއްޖޭގައި ކޯވިޑް ޖެހިގެން އެންމެ ގިނަ މީހުން ނިޔާވީ މިއަހަރުގެ މެއި މަހުއެވެ. މެއި މަހު 80 އަށްވުރެ ގިނަ މީހުން ކޯވިޑް ޖެހިގެން ނިޔާވިއެވެ. ރާއްޖޭގައި އަނެއްކާވެސް ކޯވިޑް ޖެހޭ މީހުންގެ އަދަދު މަޑުމަޑުން އަންނަނީ އިތުރުވަމުންނެވެ. މިގޮތުން މިހާރު ރާއްޖެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދުވަނީ 83،000އިން މައްޗަށް އަރާފައެވެ.
ކޮމެންޓު ފޮނުވާ