މަންދޫ ބަނދަރުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

މަންދޫ ބަނދަރުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ގުޅުންހުރި

އދ.މަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީން ބުނީ، އދ. މަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި 21 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާކަމަށެވެ. މި މަޝްރޫޢަކީ 39.28 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

މަންދޫއަކީ މިހާތަނަށްވެސް ރާއްޖޭގަ ބަނދަރެއް ނެތް މަދު ރަށްތަކުގެ ތެރެއިން އެއް ރަށެވެ. ރަށަށް އަރާ ފޭބުމަށްވެސް، އަދި ރަށުގެ ޒަރޫރީ ބޭނުމަށް ބޭނުންވާ ސާމާނުވެސް ރަށަށް އަރުވަނީ، ރައްޔިތުންގެ ޖެޓީންނެވެ. ޖެޓީވެސް މިހާރު އޮތީ ބޭނުން ނުކުރެވޭވަަރަށް ހަލާކުވެފައެވެ. އެރަށުގެ ރައްޔިތުން ރަށަށް އަރާފޭބުމަށް މިވަގުތު އޮތް ހަމައެކަނި ގޮތަކީ، ރަށުގައި ވިޔަފާރިކުރާ ބަޔަކު މުދާ ސަޕްލައިކުރަން ހަދާފަ އޮތް ހަނި ޖެޓީއެކެވެ.

މަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 19630 ކިއުބިކް މީޓަރުގެ ސަރަޙައްދު ފުންކުރުމާއި، 31 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، ބަނދަރުގައި ޕޭމަންޓް ހެދުމަށް ބަނދަރު ބައްތި ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އަދި ރަށުގައި 138 މީޓަރުގެ ޖެޓީއެއް އެޅުންވެސް އެއްބަސްވުމުގައި ހިމެނެއެވެ. ޖެޓީ ހަދަނީ ރަށުގެ އުތުރު ފަރާތު ބީޗް ސަރަޙައްދުގައެވެ.

މަންދޫއަކީ އާބާދީގައި 400އެއްހާ މީހުން ހިމެނޭ ރަށެކެވެ. ނަމަވެސް އެކި މަސައްކަތްތަކުގައި އެރަށުގައި އުޅޭ މީހުނާއެކު އާބާދީ 500 އިން މައްޗަށް އަރަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ