ޤާޟީ ޢަލީ ނަޞީރާއި ގުޅޭގޮތުން ހުށަހެޅުނު މައްސަލަ ބެލުމަށްފަހު ސުލޫކީ ފިޔަވަޅު އަޅަން ނިންމައިފިއެވެ.
އެގޮތުން ޤާޟީ އަލީ ނަސީރަށް ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، އޭނާ ހުރި މަޤާމަށްވުރެ ދަރަޖަ ދަށްކުރުމުގެ ގޮތުން މެޖިސްޓްރޭޓް ކަމުގެ މަގާމަށް ބަދަލުކޮށްފައެވެ.
ޖޭއެސްސީން ބުނެފައިވަނީ ސިވިލް ކޯޓުގެ ދެ ޤަޟިއްޔާއެއްގައި ހިމެނޭ ޚަޞްމުން، އެ ދެ ޤަޟިއްޔާ އެއްކޮށް ނިންމުމަށް އެދެމުން ދަނިކޮށް، އޭގެ ތެރެއިން އެއް ޤަޟިއްޔާ އިތުރަށް ކުރިއަށް ގެންދިއުމުގެ މަޞްލަޙަތެއް މިވަގުތު ނެތްކަމަށް ކަނޑައަޅައި، ޤާޟީ ޢަލީ ނަޞީރު އެ ޤަޟިއްޔާގެ ދައުވާ ފޯމު ބާތިލްކޮށް ޙުކުމްކޮށްފައި ވަނީ އެ ޤަޟިއްޔާގެ މައުޟޫޢަށް ޙުކުމްކުރުމުގެ ބަދަލުގައި، އަހަރު ދުވަސްވެފައިވާ މައްސަލައެއް ޤާޟީގެ ސެކްޝަނުގައި ނުބޭއްވުމުގެ މަޤްޞަދު ސާބިތުވެފައިވާކަމަށެވެ.
ކޯޓަށް ހުށަހެޅިފައިވާ ކަންކަމާމެދު ފައިޞަލާކޮށް ގޮތެއް ނިންމުމުގެ ބަދަލުގައި ވަކި މުއްދަތެއްވީ މައްސަލައެއް ފަނޑިޔާރުގެ އަތުގައި ނުބޭއްވުމުގެ މަޤުޞަދުގައި މައްސަލައިގެ ޚަޞްމުން އެދިފައި ނުވާ ގޮތެއްގެ މައްޗަށް މައްސަލައިގައި ޙުކުމްކޮށް މައްސަލަ ކޯޓުން ނުބަލައި ބޭރުކުރުމަކީ ޢަދުލުއިންޞާފު ޤާއިމްކުރުމުގެ އަސާސީ އުޞޫލުތަކާ ޚިލާފު އަދި ފަނޑިޔާރުގޭގެ މުޤައްދަސްކަމާއި އިތުބާރަށް އެކަމުގެ ސަބަބުން އަސަރުކޮށް ނާޖާއީޒުގޮތުގައި ކޯޓުގެ ނިންމުންތައް ބޭނުން ހިފުމުގެ ފުރުޞަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ހުޅުވިގެންދާފަދަ ކަމެއްކަމުގައި ވާތީ، ޤާޟީ ޢަލީ ނަޞީރުގެ މި ޢަމަލަކީ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ) 32 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 3.1 ވަނަ ނަންބަރާއި ޚިލާފު ޢަމަލެއްކަމުގައި ތަޚްޤީޤުގައި ނިންމާފައިވެއެވެ.
One Response
ޖޭއެސްސީގައިި އަޅެެ އަބަހުރިތަަ ދެއުޅިއެއްވާމީހެއްް ތިބޭފުޅުދެނެލައްވާާ މީހާގެެ ޙާލަތު އަމިއްލަފުޅަށްް ވަޒަންކޮށްލަށްވާާ އެމީހެއްގެެ އިޚްލާޞްތެރިކަމާއިި ތެދުވެރިކަމާއިި އަމާނާތްތެރިި ހުރިމިންވަރުު އެފަދަަ މީހުންނާާ ކަންކަންް ޙަވާލުކުރީމާާ ދެންކޮންގޮތަކަށްތޯ ކަންކަންް ނިމިގެންދާނީީ ބައެއްމީހުންް ކަނީި ދުނިޔޭގަަ އުޅުމަށްޓަކައިި އަނެއްބައިމީހުންް ޤަބޫލްކުރާގޮތުގަަ އެމީހުންް ދުނިޔެއަށްް އައީި ކެއުމަށްޓަޖައިި މީނޫންތޯޯ ފެންނާންް އޮތްް ޙަޤީގަތަކީ