ހިންނަވަރު ބަނދަރުގެ ހާބަރ ޕޭވްމަންޓުގެ މަސައްކަތް ފަށައިފި

ހިންނަވަރު ބަނދަރުގެ ހާބަރ ޕޭވްމަންޓުގެ މަސައްކަތް ފަށައިފި

Author
މުޙައްމަދު ޝަޒައިމް
22 ސެޕްޓެމްބަރ 2021 03:03
0

ޅ.ހިންނަވަރު ބަނދުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމުގައި މިމަސައްކަތް ކުރިއަށް ގެންދާ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީން ބުނެފައިވަނީ ހިންނަވަރު ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް 11 ޖުލައި 2021 ވަނަ ދުވަހު ފެށިފައިވާކަމަށެވެ. އަދި މިހާރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތާއި ކެޕިންގ ބީމް މަސައްކަތްތައް ނިމިފައި ވާކަމަށެވެ. މިހާރު ކުރިއަށްދަނީ ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމުގައި އެމްޓީސީސީން ވަނީ ބުނެފައެވެ.

ހިންނަވަރުގައި ތަރައްޤީކުރާ އާ ބަނދަރަކީ 162 މީޓަރު ދިގު 47 މީޓަރުގެ ފުޅާ ބަނދަރެކެވެ. މަރާމާތު ކުރާ ބަނދަރާ އަލަށް ހެދުމަށް ނިންމާފައިވާ ބަނދަރާ އެކު ޖުމްލަ 653 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށްޓެއް ލާނެއެވެ. މިމަސައްކަތް ކުރާ އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 123 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ބޭރު ތޮށްޓެއްލުމާއި، ބަނދަރާއި ނެރު ފުންކުރުމުގެ އިތުރުން ބަނދަރު ހިމެނޭ ސަރަހައްދުގެ ބިން ހިއްކާ، ރިވެޓްމަންޓް ޖެހުމާއި، ބަނދަރު ބައްތިޖެހުމާއި ބަނދަރު ވަށައިގެން ޕޭވްމަންޓް ޖެހުމަށް ހަމަޖެހިފައިވާކަމަށެވެ.

މި މަޝްރޫއަށް 99.5 މިލިއަން ރުފިޔާ ޚަރަދުވާއިރު މި މަސައްކަތް 350 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.