ރައީސް ސާލިހު، ތުއްތު ކުދިން އެމަނިކްފާނުގެ އަތްޕުޅަށް އަރުވާފައިވާ ސިޓީތައް ޕޯޑިއަމްގައި ދައްކަވާލައްވަނީ

ދިވެހި ތުއްތު ކުދިން އެމަނިކްފާނަށް ލިޔުއްވާފައިވާ ސިޓީތައް އާންމު މަޖިލިހުގައި ރައީސް ދައްކަވާލައްވައިފި

ދިވެހި ތުއްތު ކުދިން އެމަނިކްފާނަށް ލިޔުއްވާފައިވާ ސިޓީތައް އާންމު މަޖިލިހުގައި ރައީސް ދައްކަވާލައްވައިފި

އދ.ގެ އާންމު މަޖިލިހުގެ ރިޔާސަތުގައި ތަގުރީރު ކުރައްމުން، ދިވެހިރާއްޖެއަށް ތިމާވެށީގެ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ދިވެހި ތުއްތު ކުދިން، އާންމު މަޖިލިހަށް ހުށަހެޅުމަށް، އެމަނިކްފާނަށް ލިޔުއްވާފައި ސިޓީތައް، ޕޯޑިއަމްގައި ހުންނަވައިގެން، މެމްބަރު ގައުމުތަކަށް ރައީސް ސާލިހު ދައްކަވާ ލައްވައިފިއެވެ.

ދިވެއްސަކަށް ދިރިނޫޅެވި – ދިވެހިރާއްޖެއަށް ދެމިނޯވެވުނު ދުނިޔެއަކު އެހެން ޤައުމަކަށް ވަކި އޮވެވޭނެ ކަމުގެ ޔަޤީންކަމެއް ނޯންނާނެކަމުގައި ވިދާޅުވަމުން އަދި މިހަގީގަތްތައް ކިޔައިދީފައިވާ މާސާފު ސާދާ މަޢުސޫމް ކަރުދާސް ތަކެއް އެމަނިކްފާނުގެ އަތްޕުޅުގައި އެބަހުރިކަމަށް ވިދާޅުވަމުން ރައީސް ސާލިހުވަނީ، ޕޯޑިއަމްގައި ހުންނަވާ، އެމަނިކްފާނުގެ އަތްޕުޅުގައި ހުރި، ދިވެހި ތުއްތު ކުދިން އެމަނިކްފާނަށް ލިޔުއްވާފައިވާ ސިޓީތައް ނަންގަވާ ދައްކަވާ ލައްވާފައެވެ.

މިއީ މިވާހަކަތަކުގެ ކަންބޮޑުވުމައިގެން ދިވެހި ތުއްތު ކުދިން އަޅުގަނޑަށް ލިޔެފާހުރި ސިޓީ. އެކުދިންވެސް ހެދި ބޮޑުވެ ހަޔާތުގެ އުންމީދުތައް ފުރިހަމަ ކުރަން އެދޭ ޤައުމުގެ ނާޒުކު ތިމާވެއްޓާ ގުޅޭ ގޮތުން މިމަޖިލިހަށް ހުށަހަޅައިދިނުން އެދި އަޅުގަނޑަށް ލިޔެފާހުރި ސިޓީ.

– އަރިހުގައި ގެންދެވި، ދިވެހި ތުއްތު ކުދިންގެ ސިޓީތައް މެމްބަރުން ގައުމުތަކަށް ދައްކަވާ ލައްވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު އިތުރަށް ވިދާޅުވީ މިއީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ އަންނަންއޮތް ޖީލުގެ ނިދާ ކަމަށާއި، ހުރިހާ އެންމެންވެސް މިއަދު މިއަޑު އަހަން ޖެހޭނެ ކަމުގައެވެ.

ރާއްޖޭގެ ފޮރިންގ މިނިސްޓަރު ރިޔާސަތު ބެލެހެއްޓެވި އާންމު މަޖިލިހުގެ މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ސަލާމަތުގެ އައްސޭރި އަށް ވާސިލުވުމުގެ އުންމީދު އަދިމުޅިން ގެއްލިއެއް ނުދާކަމުގައެވެ. އެގޮތުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ޢަމަލު ކުރަމުން އަންނަ ދުވަސްވީ ސިޔާސަތުތަކަށް އިންގިލާބީ ބަދަލެއް ގެނައުން ވަރަށް މުހިންމު ކަމަށް ވިދާޅުވަމުން، ޤައުމުތަކުން ބޭރުކުރާ ވިހަ މާއްދާތައް މަދުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަ ކުރުމަށްވެސް ރައީސް ސާލިހު ގޮވާލެއްވިއެވެ.

މި ޖަލްސާގައި ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކަށްވެސް ހައްލު ލިބެން އޮތީ ދުނިޔޭގެ އެހެން ގައުމުތަކުގެ އެހީތެރިކަމާއެކު ކަން ފާހަގަ ކުރައްވަމުން ރައީސް ސާލިހު ވިދާޅުވީ، ފަންނީ ޤާބިލްކަމާ އެކަށޭނަ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ އަގު ލާހިކުވާން ޖެހޭ ކަމަށާއި، މިކަމުން ދިފާޢުވުމުގެ ޤާބިލްކަމާ މާލީ ތަނަވަސްކަން ނެތް ޤައުމުތަކަށް، ތަނަވަސް ޤައުމުތަކުން ކުރާ ހޭދައާ ދޭއެހީ އިތުރުވާންޖެހޭ ކަމުގައެވެ.

އަދި ވަކިން ޚާއްޞަކޮށް އިއާދަ ކުރަނިވި ހަކަތައަށް ހިޖުރަ ކުރުމަށް ކުރާ މަސައްކަތް އެއީ ކޮންމެ ދުވަހަކު ކުރާކަމަކަށް ހަދަން އެބަޖެހޭ ކަމަށް ވިދާޅުވަމުން، މޫސުމީ ބަދަލުތަކާ ގުޅޭ މިޝަކުވާއާ ކުރާ ވަކާލާތުގާ ޢަމާންދީ ފަހަށްޖެހުމަކީ ދިވެހިންނަށް އޮތް އިޚްތިޔާރެއް ނޫންކަމުގައިވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *