މީހެއްގެ ލޮލު ތެރެއިން ދިރިދިރި އޮތް 20 ފަނި

މީހެއްގެ ލޮލު ތެރެއިން ދިރިދިރި އޮތް 20 ފަނި

Author
މުޙައްމަދު ޝަޒައިމް
29 އޮކްޓޯބަރ 2020 08:23
0

ޗައިނާގައި ޑޮކްޓަރަކު ފިރިހެނެއްގެ ލޮލު ތެރެއިން ދިރިދިރި އޮތް 20 ފަނި ނަގައިފިއެވެ.

އުމުރުން 60 އަހަރުގެ ވަން ނަމަކަށް ކިޔާ އެ މީހާގެ ލޮލު ތެރޭގައި އެއްޗެއް އުޅޭކަން އޭނާއަށް އެނގުނީ މީގެ މަސްތަކެއް ކުރިންނެވެ. އޭނާ ބުނީ، ލޮލު ތެރޭގައި އެއްޗެއް އުޅޭކަން އެނގުމުން އެކަމާއި އަޅާ ނުލާ ކަމަށެވެ. އަދި އެއީ މާބޮޑަށް ވަރުބަލި ވެފައި ހުރުމުގެ ސަބަބުން ވާކަމެއް ކަމަށް އެއިރު އޭނާއަށް ހީވިއެވެ.

އަދި އެއީ ބޮޑު މައްސަލައެއްކަމަށް އެއިރު އޭނާއަށް ހީނުވާ ކަމަށް ބުންޏެވެ. ނަމަވެސް ފަހުން އޭނާގެ ލޮލުގެ ހިރުވުން ބޮޑުވެ، ފަހުން އޭނާ ވަނީ ސުޒޯއު ސިޓީގެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ.

އަދި އެ ހޮސްޕިޓަލްގެ ޑޮކްޓަރުން ވަނީ އޭނާގެ މެޑިކަލް އެގްޒާމިނޭޝަން ހަދާފައެވެ. އަދި ޑޮކްޓަރުންނަށް އޭނާގެ ލޮލުގެ ތެރެއިން ދިރިދިރި އޮތް ފަނި 20 ފެނިފައި ވާ ކަމަށްވެސް ޑޮކްޓަރުން ބުނެފައި ވެއެވެ. އަދި ޑރ. ޒި ޓިން ވަނީ އޭނާގެ ލޮލުން އެ ފަނިތައް ނަގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.