ޖޭއެސްސީގައި މަދުވަނީ އެމްޑީޕީ އޮފީހުގައި މަސައްކަތްކުރާ ބޭރުމީހާ އެކަނި: އަލީ ވަހީދު

ޖޭއެސްސީގައި މަދުވަނީ އެމްޑީޕީ އޮފީހުގައި މަސައްކަތްކުރާ ބޭރުމީހާ އެކަނި: އަލީ ވަހީދު

ގުޅުންހުރި

ވެރިކަމަށް އައިސް މިސަރުކާރުން ޖުޑީޝަރީ މިނިވަން ކުރުމަށް ކުރި މަސައްކަތުގެ ތެރެއިން މުޅި ޖުޑިޝަރީ ޚަރާބުކޮށް، އަމިއްލަ ޕާޓީގެ ނުފޫޒު އިންތިހާއަށް ވައްދާފައިވަކަމަށާއި، މިއަދު ޖޭއެސްސީގައި މަދުވަނީ އެމްޑީޕީ އޮފީހުގައި މަސަކަތް ކުރާ ބޭރު ޕިޔޯނުކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިސަރުކާރުގެ ފުރަތަމަ ޓުވަރިޒަމް މިނިސްޓަރުގެ މަޤާމުން ވަކިކޮށްފައިވާ އަލީ ވަހީދު ރޭ އިނގިރޭސި ވިލާތުގައި ހުންވައި ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ޖުޑީޝަރީވަނީ ވަރަށް ބޮޑަށް ހިސޯރުކޮށްފައިކަމަށެވެ. ޖުޑީޝަރީގައި އޮތީ ވަކި ބައެއްގެ ނުފޫޒާއި ބާރުކަމަށާއި، މިއަދު މުޅި ނިޒާމު އޮތީ "ހިސާނީ" ނިޒަމަކަށް ބަދަލު ވެފައި ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ޖުޑީޝަރީ އިސްލާހު ކުރަން ވައުދުވެ އައިބަޔަކު ވެރިކަމަށް 3 އަހަރު ވައިރުވެސް ފެންނަނީ ވެރިކަން ދިފާއުކުރުމަށް ހުރިހާ ބާރެއް އެއްކުރަމުންދާތަން ކަމަށެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން އޮތް ގޮތަށް މިއަދު ބަލައިލުމުން އެކަން ވަރަށް ބޮޑަށް ހާމަވާ ކަމަށާއި، ޖޭއެސްސީގެ ކޮންޓްރޯލް އޮތީ އެމްޑީޕީގެ އޮފީހުގެ އިސްބޭފުޅުންނަށް ކަމަށެވެ. މިހާރު ޖޭއެސްސީގައި މަދުވަނީ އެމްޑީޕީގައި ދުވަސްވީ މީހުންގެ ތެރެއިން އޮފީހުގައި މަސައްކަތް ކުރާ ބޭރުގެ ޕިޔޯނު އެކަނި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ސަރުކާރަށް ތިން އަހަރުވެގެންދާއިރުވެސް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކޮށްފައި ނުވާތީ އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި، ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެފައިވަނީ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިހާރު އެތުރިފައި އޮތް ގޮތަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި، މި ސަރުކާރުގެ މަގުސަދަކީ، އެކަށީގެންވާ ރަގަޅު ދިރަސާތަކެއް ކުރުމަށްފަހު އޭގެ މައްޗަށް އެ ކޮމިޝަންގެ ކޮމްޕޮޒިޝަން ބަދަލުކުރުން ކަމަށެވެ.

ޖޭއެސްސީގެ ރައީސްއަކީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ. އަދި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް މި ކޮމިޝަންގައި އިންނަވައެވެ. އޭގެ އިތުރުން، ދައުލަތުގެ ބަންޑާރަ ނައިބު އިބްރާޙީމް ރިފްއަތު އިތުރުން، ރައީސް ސޯލިހްގެ ފަރާތުން ކޮމިޝަނަށް އައްޔަން ކޮށްފައިވާ މެންބަރެއްގެ ގޮތުގައި މަސްތޫރު ހުސްނީ ވެސް އެ ކޮމިޝަންގައި އިންނަވައެވެ. ނަޖީއާއެއްގެ ގޮތުން، މި ކޮމިޝަންގައި މިހާރު މެޖޯރިޓީ ބެފުޅުންގެ ގޮތުގައި ތިއްބެވީ، ސަރުކާރުގެ ވިސްނުމަށް ތާއީދު ކުރައްވާ، އަދި ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާ ފަރާތްތައްކަން ފާހަގަ ކޮށްލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ