ރައީސް ތަޤުރީރު ކުރައްވަނީ ބައިޑަންއަށްފަހު، މިރޭ 18:30 ހާއިރު

ރައީސް ތަޤުރީރު ކުރައްވަނީ ބައިޑަންއަށްފަހު، މިރޭ 18:30 ހާއިރު

Author
މުޙައްމަދު ޝަޒައިމް
21 ސެޕްޓެމްބަރ 2021 09:37
0

ރައީސުލްޖުމްހޫރިއްޔާ އދ.ގެ އާއްމު މަޖިލީހުގައި މިރޭ ތަގުރީރު ކުރައްވާނީ، އެމެރިކާގެ ރައީސް ޖޯ ބައިޑެން އަށް ފަހު ކަމަށް އދ.ގެ އާއްމު މަޖިލީހުން ހާމަކޮށްފިއެވެ.

ރައީސް ސޯލިހް އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވާނީ މިރޭ ރާއްޖޭ ގަޑިން 18:30 ގައެވެ. އެމަނިކުފާނު މިރޭ ތަގުރީރު ކުރައްވަން ހަމަޖެހިފައި ވަނީ ދިވެހިބަހުންނެވެ. އދ.ގެ ހުރިހާ ބައްދަލުވުމެއްގައި ވެސް ވާހަކަދައްކަވާ ބޭފުޅަކު ބޭނުން ބަހަކުން ވާހަކަ ދެއްކުމުގެ ފުރުސަތު އޮވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ބައްދަލުވުންތަކާއި ޤައުމު ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވަވާނެއެވެ.

އދގެ ޢާއްމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ މަޤާމު މިފަހަރު ދިވެހިރާއްޖޭގެ ފަރާތުން ފުރުއްވަމުން ގެންދަވާކަމީ ރާއްޖެ އދ އާ ގުޅުނުތާ މިވީ ދިގުތާރީޚުގައި ވެސް ރާއްޖެއަށް ނުލިބޭފަދަ މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރައްވައެވެ.

ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ 2021 ސެޕްޓެންބަރު 28 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.