ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދަށް ކުރާ ތުހުމަތުތަކާއި ގުޅިގެން މިހާތަނަށް އެއްވެސް ސުވާލެއް ކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
އިނގިރޭސި ވިލާތުގައި ހުންނަވައިގެން މިރޭ ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ މަޤާމުން ވަކިކުރި ފަހުން މިހާތަނަށް ދައުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް ސުވާލެއް ކޮށްފައި ނުވާކަމަށެވެ. އޭނާ ވިދާޅުވީ ޖުލައި 19 ވަނަ ދުވަހު އޭނާ ޕޮލިހަށް ގެންދިޔަ ނަމަވެސް ތުހުމަތު ކުރެވޭ އެއްވެސް ކަމަކާއި ގުޅިގެން ސުވާލެއް ނުކުރާކަމަށެވެ.
އަލީ ވަހީދު ވަނީ މިރޭގެ ޕްރެސްގައި އޭނާ ފްރޭމްކޮށްފައިވާކަމަށް ވިދާޅުވެ ކަން ހިނގައިދިޔަ ގޮތް ވަރަށް ރަނގަޅަށް ކިޔައިދީފައެވެ. އެގޮތުން މިހާތަނަށް ކުރި އެއްވެސް ތަހިގީގަކުންވެސް، ކުރި ތަހުލީކުންވެސް ސާބިތުކުރަން ބޭނުންވި އެއްވެސް ކަމަކަށް ހެއްކެތް ފެނިފައި ނުވާކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެތައްބައެއްގެ ހައްގަކަށް އަރައިގަނެފައިވާ މީހަކަށްވާނަމަ އޭނާއަށް ކުރެވޭ ތުހުމަތުތަކާއި، ކޮށްފައިވާ ކުށްތަކުގެ ތަފްސީލް ދިވެހި ރައްޔިތުންނަށްވެސް އެގެންޖެހޭކަމަށެވެ. ނަމަވެސް އެއިން އެއްވެސް އެއްކަމެއް މިހާތަނަށް ހާމަވެފައި ނުވާކަމަށެވެ. އޭނާ ވިދާޅުވީ މިހާތަނަށް ސަރުކާރުން ދައްކަމުންދާ ހުރިހާ ވާހަތަކަކީ ހަދަ ހަދައިގެން ވަކި ސިޔާސީ މަގުސަދެއްގައި ދައްކަމުންދާ ވާހަކަތެއްކަމަށެވެ.
ޓްއަރިޒަމް މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވަނިކޮށް ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް ވަޑައިގެންގޮތަށް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ. އަދި ކޯޓަށް ހާޒިރުވުމަށް ތަކުރާރުކޮށް އެންގުމުންވެސް ހާޒިރުވެޑައިގެންފައެއް ނުވެއެވެ. އަދި އިނގިރޭސިވިލާތުގެ އިމިގްރޭޝަން ޤާނޫނުތަކާއި ހިލާފުވެގެން އެޤައުމުގެ ފުލުހުން ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އަލީ ވަހީދު ހައްޔަރުވެސް ކޮށްފައެވެ.
މީގެއިތުރުން ސުޕްރީމްކޯޓުގެ ހުރުމަތް ކަނޑައިގެން 2 މަހާއި 12 ދުވަހަށް ޖަލު ހުކުމެއް އަލީ ވަހީދުގެ މައްޗަށް އެބައޮތެވެ. އަދި އެ ހުކުމް ތަންފީޒުކުރުމަށް ސުޕްރީމް ކޯޓުންވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަމުރުވެސް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ