ތުޅާދޫ ފަޅު އަލުން ފުންކުރުމުގެ މަސައްކަތް ފަށައިފި

ތުޅާދޫ ފަޅު އަލުން ފުންކުރުމުގެ މަސައްކަތް ފަށައިފި

Author
މުޙައްމަދު ޖިމީ
20 ސެޕްޓެމްބަރ 2021 04:44
0

ބ.ތުޅާދޫ ތިލަވެފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

އެމްޓީސީސީން ބުނީ، ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތް މިމަހުގެ 15ގައި ފަށާފައިވާކަމަށެވެ.

ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ، 10.13 މިލިއަން ރުފިޔާއަށެވެ.

ތުޅާދޫ އަކީ އަބަދުވެސް ރަށްގިރުމުގެ މައްސަލަ އިންތިހާއަށް ކުރިމަތިވަމުން އަންނަރަށެކެވެ. އެރަށު ކައުންސިލްގެ ރައީސް އަޙްމަދު އާދިލް ވިދާޅުވީ ތުޅާދޫ ރަށްގިރުމާ ރާޅު ބޮޑުވާ ދުވަސްތަކުގައި ރަށުގެ ދެކުނުފަރާތުގައި ދިރިއުޅޭ މީހުންނަށް އުންދަގޫވުމުގެ ޝަކުވާ އަބަދުވެސް ލިބޭކަމަށެވެ. އެކަމަށް ހައްލުހޯދުމަށް މިހާރުވެސް މަސައްކަތްތަކެއް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން، ކޮނުމަށްފަހު ބިންގަޑު އެއްވަރުކުރަން 11,700 ކިއުބިކް މީޓަރުގެ ވެލިބޭނުންކުރުމާއި، ބެޑު ތައްޔާރުކުރުމާއި، 280 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.