ނަޖީބުގެ ސުވާލެއް ހައިކޯޓަށް: ނާޒިމްގެ މައްސަލަށް ބާކައުންސިލަށް ހުށަނާޅާ ހިމޭނުން އޮތީ ނުފޫޒުގައިތޯ؟

ނަޖީބުގެ ސުވާލެއް ހައިކޯޓަށް: ނާޒިމްގެ މައްސަލަށް ބާކައުންސިލަށް ހުށަނާޅާ ހިމޭނުން އޮތީ ނުފޫޒުގައިތޯ؟

ހައިކޯޓްގެ މައްސަލަތަކަށް ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ޤާނޫނީ ވަކީލް ނާޒިމް ސައްތާރު ނޫފުޒުފޯރުވާކަން އެނގުމުންވެސް އެ މައްސަލ ބާ ކައުންސިލަށް ހުށަނާޅާ ހިމޭނުން އޮތީ ނުފޫޒުންތޯ ކްރިމިނަލް ކޯޓުގެ ކުރީގެ ޤާޟީ ޙަސަން ނަޖީބު ސުވާލު އުފައްދައިފިއެވެ.

ހައިކޯޓުގައި ކުރިއަށްދާ މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތަކަށް، ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ނުފޫޒު ފޯރުވާކަމަށްބުނެ ނާޒިމް ކޮށްފައިވާ މެސެޖްތަކެއް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޝުޖާއު އުސްމާން  ވަނީ ޢާންމުކުރައްވާފައެވެ.

ޝުޖާއުވަނީ ނާޒިމް ކޮށްފައިވާ ބައެއް މެސެޖްތަކެއްވެސް ހިއްސާ ކުރައްވާފައެވެ.

މިކަމާއި ގުޅޭގޮތުން ކްރިމިނަލް ކޯޓުގެ ކުރީގެ ޤާޟީ ޙަސަން ނަޖީބު ވަނީ، ހައިކޯޓުގެ ކުރީގެ އިސްފަޑިޔާރު ޝުޖާޢު ޢުޘްމާން ކުރިޓްވީޓާގުޅިގެން ޝުޖާޢުގެ މައްސަލަ ބާ ކައުންސިލަށް ހުށަހެޅި އިރު، ހައިކޯޓްގައި ހިނގަމުންދާ މައްސަލަތަކަށް ނާޒިމް ސައްތާރު ނުފޫޒު ފޯރުވިކަން އޭނަގެ އިޢުތިރާފު ލިބިމުންވެސް ބާ ކައުންސިލަށް ހުށަނާޅާ ހައިކޯޓް ހިމޭނުންއޮތީ ހައިކޯޓް ނުފޫޒުގަ އޮތުމުންތޯ ސުވާލުކުރައްވަފައެވެ.

ޖުޑީޝަރީގެ ތެރެއަށް ސަރުކާރުގެ ނުފޫޒު ގަދަ ފަރާތްތަކުން ވަންނަމުންދާކަމަށް މީގެ ދެހަފްތާއެއް ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައިވެސް ޝުޖާއު އުސްމާން ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ޖުޑީޝަރީގެ ތެރޭގައި ކަންކަން ހިނގަމުންދަނީ ސަރުކާރުގެ ތެރޭގައި ތިއްބެވި ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ކަމަށާއި، ޖުޑީޝަރީ މިނިވަން ކުރުމުގެ ބަދަލުގައި ބޭނުންވާ ގޮތަކަށް ހުކުމްތައް ކުރުމަކީ އެފަދަ ނުފޫޒު ގަދަ ފަރާތްތަކުގެ އަމާޒުކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިއާއެކު ޝުޖާއު އުޘްމާނާއި ނާޒިމް ސައްރާ ދެމެދު ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ޓްވިޓާގައި ރައްދު ކުރައްވަފައެވެ. މިގޮތުން ހައިކޯޓަށް ހުށަހަޅާ މައްސަލަތައް ބެލުމަށް އަބަދުވެސް ފޮނުވަނީ އެއް ފަނޑިޔާރަކަށް ކަމަށާއި، އެއީ އިއްޔެއަކު މިއަދަކު ވާކަމެއް ނޫންކަމަށްބުނެ ޤާނޫނީ ވަކީލް ނާޒިމް ސައްތާރު ވަނީ  ކުރީގެ ފަނޑިޔާރު ޝުޖާއު އުސްމާނަށް. ރައްދު ދެއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *