ބަރު އުފުއްލާ މާމާ އެންމެން ހައިރާންކޮށްލައިފި

ބަރު އުފުއްލާ މާމާ އެންމެން ހައިރާންކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
29 އޮކްޓޯބަރ 2020 07:01
0
މިއީ އުމުރުން 82 އަހަރުގެ ތަފާތު މާމައެކެވެ. އޭނާ ސާބިތުކޮށްދިނީ އުމުރަކީ ހަމައެކަނި ނަމްބަރެއް ކަމެވެ. އޭނާގެ ވީޑިއޯ މީސް މީޑިއާގައި އާއްމުވެއްޖެ އެވެ.
އެ ވީޑިއޯއިން ފެނިގެން ދަނީ ގޭގައި ކުރިއަށް ދިޔަ ވޯކްއައުޓް ސެޝަންއެއްގެ ތެރެއިން ބަރު އުފުއްލާ މަންޒަރެވެ. އެ ވީޑިއޯ މީސް މީޑިއާގައި ހިއްސާކޮށްފައި ވަނީ އޭނާއަށް މާމަ ކުރާ ޗިރާގް ޗޮރްޑިއާ އެވެ. އޭނާއަކީ ވަރަށް ބޮޑަށް ކަސްރަތަށް ލޯބި ކުރާ އިންޑިއާގެ ޗެންނާއިއަށް ނިސްބަތްވާ ޒުވާނެކެވެ. އެ ވީޑިއޯއާއެކު އެތައް ބަޔަކަށް ހައިރާންކަން ލިބިގެން ގޮސްފިއެވެ.
ޗިރާގް ވަނީ މީގެ ކުރިންވެސް އެފަދަ ވީޑިއޯތައް އާއްމުކޮށްފައެވެ. އެ ވީޑިއޯތަކުން އޭނާގެ މާމަ ބަރު އުފުއްލާ މަންޒަރު ފެނެއެވެ.
ޗިރާގް ބުނީ، އެގެއަށް މީހަކު އަންނަ ކޮންމެ ފަހަރަކު މާމަ އެކަން ކުރާ މަންޒަރު ފެނި އެ މީހުންނަށްވެސް ހައިރާންވެ އެ ވާހަކަދައްކާ ކަމަށެވެ.
އެ މާމަ ސާބިތުކޮށްދީފައި ވަނީ އުމުރުން ދުވަސްވިޔަސް އެފަދަ ކަންކަމުގައި އުޅެވިދާނެ ކަމެވެ. ބޭނުންވަނީ ހިތްވަރެވެ. އަދި ގައިގައި ހުރި ބާރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.