ޖަލުން ދޫކޮށްލުމާއިއެކު އަލީ ވަހީދު މިރޭ ޕްރެސް ބާއްވަނީ

ޖަލުން ދޫކޮށްލުމާއިއެކު އަލީ ވަހީދު މިރޭ ޕްރެސް ބާއްވަނީ

Author
މުޙައްމަދު ޝަޒައިމް
20 ސެޕްޓެމްބަރ 2021 03:03
0

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަން ހާމަކޮށްފިއެވެ.

ޓްއަރިޒަމް މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވަނިކޮށް ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް ވަޑައިގެންގޮތަށް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ. އަދި ކޯޓަށް ހާޒިރުވުމަށް ތަކުރާރުކޮށް އެންގުމުންވެސް ހާޒިރުވެޑައިގެންފައެއް ނުވެއެވެ. އަދި އިނގިރޭސިވިލާތުގެ އިމިގްރޭޝަން ޤާނޫނުތަކާއި ހިލާފުވެގެން އެޤައުމުގެ ފުލުހުން ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އަލީ ވަހީދު ހައްޔަރުވެސް ކޮށްފައެވެ.

އަލީ ވަހީދު މިއަދު ޖަލުން ދޫކޮށްލުމާއިއެކު ކުރި ޓްވީޓުގައި ބުނެފައިވަނީ މިރޭ 9 ޖަހާއިރު ނޫސްވެރިންނައި ބައްދަލު ކުރާނެކަމަށެވެ. އަދި އޭނާ ފްރޭމްކޮށް، ރައީސް ޔާމީން ޖަލަށް ލާން ނިންމި ނިންމުންތަކުގެ ހަގީގަތްވެސް ހާމަކުރާނެކަމަށެވެ.

މިރޭގެ ނިއުސް ކޮންފަރެންސްގައި އަޅުގަނޑު ފްރޭމްކޮށް އަޒުލުކުރި ގޮތާއި، ރައީސް ޔާމީން ޖަލަށް ލާން ނިންމި ނިންމުމާއި، ޕީޖީއާ އެމް.އެމް.ޕީ.އާރު.ސީ ގެ ޚިޔާނާތާއި އޮތް ގުޅުމާއި އުތުރު ތިލަފަޅު ހިމެނޭ.

– އަލީ ވަހީދުގެ ވިދާޅުވިއެވެ.

އަލީ ވަހީދު ރާއްޖޭން ބޭރަށް ފުރާވަޑައިގަންނަވަން ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީޑު އެ ހުއްދަ ދެއްވީ ހަތަރު މަސް ދުވަހުގެ އެއްބަސްވުމަކަށް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުވާ ގޮތަށެވެ. އެ މުއްދަތު ހަމަވި ފަހުން އަލީ ވަހީދު އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވަޑައިގެން ޝަރީއަތް ގެންދަވަން ނިންމެވިއެވެ. އަޑުބަރޭއަށް ފިޔަވަޅެއް އަޅަން ވެސް ކްރިމިނަލް ކޯޓުން ނުނިންމަވައެވެ. އެ ކަން އެ ގޮތަށް ނުވާނެ ކަމަށް ވިދާޅުވެ ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދިޔައެވެ.

ޓްއަރިޒަމް މިނިސްޓަރުކަމުގައި ހުންނަވައިގެން އެތަނުގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށްް ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއެއް ވަނީ އުފުލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޛ ޛޗުވދރ
ީހޖތހހހހތ
ރ ރަނާ
ޙުދު ކަފަ ކޮޅެއްފަދަ ޒީލޯ ޓޮލަރެންސްގެ ސަރުކާރެއް މީ . މިސަރކާރުގެ މަގާމް ތަކުގައި ވެސް ތިބޭނީ ދެފުށް ފެންނަ ބިއްލޫރިފަދަ ސާފު މީހުން. ދެން އަލީ ކިޔާފާނެ ކޮންމެ އެއްޗެއްވެސް . ޑީއާރޕީ މެމްބަރަކަށް ހުރި އިރު ރައީސް ނަޝީދުގެ ހަފްތާ ޝެޑިއުލް ވެސް ކިޔާލީނުދޯ.