ލަންޑަންގެ ވާދަވެރިންކަމަށްވާ ޓޮޓްނަމް ބަލިކޮށް ޕްރިމިއަރ ލީގުގެ އެއްވަނަ މަގާމު ޗެލްސީން ދަމަހައްޓައިފިއެވެ.
ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުން ޗެލްސީ މޮޅުވީ 3-0 ގެ ނަތީޖައަކުންނެވެ. ޗެލްސީން ޖެހި ތިން ގޯލު ވެސް ކާމިޔާބު ކޮށްފައި ވަނީ ދެވަނަ ހާފުގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީއަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ދެވަނަ ހާފުގައި އެޓީމުންވަނީ މެޗަށް ބޮޑު ބަދަލެއް ގެނެސްފައެވެ. މިގޮތުން ދެވަނަ ހާފުގެ ހަތަރުވަނަ މިނެޓުގައި އެޓީމުން ލީޑް ނެގިއެވެ. މި ލަނޑު ޖަހައިދިނީ ޑިފެންޑަރ ތިއާގޯ ސިލްވާއެވެ. އެޓީމްގެ އަނެއް ދެ ލަނޑު ޖަހައިދިނީ އެންގޯލޯ ކާންޓޭ އަދި އެންޓޯނިއޯ ރޫޑިގާއެވެ.
މި މެޗުން މޮޅުވެ ޗެލްސީވަނީ ތާވަލްގެ އެއްވަނަ މަގާމް ދަމަހައްޓާފައެވެ. ދެވަނައިގައި އޮތް ލިވަޕޫލާއި މެންޗެސްޓަރ ޔުނައިޓެޑަށްވެސް ޗެލްސީއާއި އެއް އަދަދަކަށްވަނީ ޕޮއިންޓް ލިބިފައެވެ.
ކޮމެންޓު ފޮނުވާ