މުސާރަ ބޮޑުކުރުމަށް ހުރި ފައިސާ ހޭދަކުރަނީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް: ޝިޔާމް

މުސާރަ ބޮޑުކުރުމަށް ހުރި ފައިސާ ހޭދަކުރަނީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް: ޝިޔާމް

ގުޅުންހުރި

ސިވިސާވަންޓުންގެ މުސާރަ ބޮޑުކުރުމަށް ދައުލަތުގައި ހުރި ރައްޔިތުންގެ ފައިސާ ހޭދަކުރަމުންދަނީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ވަކި ބޭފުޅެއްގެ ކެނޑިޑޭޓުންނަށް ކާމިޔާބު ކުރުމަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށް ގޮވާލައި ހުށަހެޅި ޤަރަރާށް ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ސިވިލްސާވަންޓުންނަށް މުސާރަ ބޮޑުކުރުމަށް ވީވައުދު ނުފެއްދެނީ ސަރުކާރުގެ އިހުލާސްތެރިކަން ނެތުމުންކަމަށެވެ. ކޯވިޑްގެ ތެރޭގައިގައިވެސް އެންމެ ގިނަ އެހީ ލިބުނު ޤައުމަކީ ދިވެހި ރާއްޖެ ކަމަށްވާއިރު، ލިބުނު އެއްވެސް އެއްޗެއްގެ ފައިދާއެއް ދިވެހި ރައްޔިތުންނަށް ނުލިބޭކަމަށެވެ. މިއަދުވެސް މާސްކުވެސް ޖެހެނީ ގަންނަން ކަމަށާއި، ރައްޔިތުންނަށް ލިބުނު އެއްވެސް ފައިދާއެއް ނެތްކަމަށެވެ.

ޝިޔާމް ވިދާޅުވީ ސިވިލްސާވަންޓުން ކުރާ ބުރަ މަސައްކަތް މިސަރުކާރުން ބަލައި ނުގަންނަ ކަމަށެވެ. މުސާރަ ބޮޑު ކުރާ ވާހަކަ ދައްކާއިރު، މިހާރު ދޭ ފައިސާކޮޅުވެސް މިސަރުކާރަށް ބަރާބަރަށް ނުދެވޭކަމަށެވެ. އަދި މުސާރާ ބޮޑުކުރުމަށް ހުރި ރައްޔިތުންގެ ފައިސާ ހޭދަ ކުރަމުންދަނީ އެމްޑީޕީގެ އިންތިޚާބަށް ކަމަށާއި، މި އިންތިޚާބުގައި ރައްޔިތުންގެ ފައިސާއާއި ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

އެތެރޭގެ އިންތިޚާބެއް މިހާރު މިއޮތް ކުރިއަށްދަނީ. ސިިވިލްސާވިސް މުވައްޒިފުންގެ މުސާރަ ބޮޑުކުރަން ހުރި ފައިސާކޮޅު އެހޭދަ ކުރަނީ އެތެރޭގަ މިއޮތް އިންތިޚާބަށް. އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ދައުލަތުގެ ވަސީލަތް ބޭނުންކޮށްގެން ދައުލަތުގެ ފައިސާ، ސިވިލްސާވަންޓުންގެ މުސާރަ ބޮޑުކުރަން ހުރި ފައިސާ ހޭދަކޮށް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް، ހޭދަކުރަމުންދަނީ.

– ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިސަރުން ދިވެހި ރައްޔިތުންގެ ބޮލުގައި ބޮޑެތި ދަރަނި އަޅުވާފައި ނެގިހާ ލޯނުތަކާއި، ލިބުނު ފައިސާތައް އެކުވެރިންނަށް ބަހައި ހުސްކޮށްފައިވާކަމަށެވެ. ރައްުޔިތުންގެ ޖީބަށް ރައްޔިތުންނަށް ލިބުނު އެއްވެސް ފައިދާއެއް މިކަމުން ނެތްކަަމަށް ޝިޔާމް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ