އެމްބިއުލާންސްގައި ގެންދިޔައީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ކުއްޖެއް: ޖެންޑަރ

އެމްބިއުލާންސްގައި ގެންދިޔައީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ކުއްޖެއް: ޖެންޑަރ

Author
މުޙައްމަދު ޖިމީ
19 ސެޕްޓެމްބަރ 2021 07:28
0

ފިޔަވަތީގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާކަމަށާއި، އެމްބިއުލާންސްގައި ގެންދިޔައީ، ނަފްސާނީ އެހީތެރިކަން ބޭނުންވާ ކުޖެއްކަމުން ފަރުވާހޯދުމަށް ހޮސްޕިޓަލަށްކަމަށް ޖެންޑަރ މިނިސްތްރީން ބުނެފިއެވެ.

ފިޔަވަތީގައި ހަމަނުޖެހުން ހިނގައި، އެތަނުގައި އުޅޭ ކުއްޖެއް މިއަދު އެމްބިއުލާންސްގައި ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. މިކަމާއި ގުލިގެން ޖެންޑަރ މިނިސްޓްރީން ކުރި ޓްވީޓެއްގަިއ ބުނީ، ފިޔަވަތީގައި އެއްވެސް “ރައަޓެއް” ހިންގާފައި ނުވާކަމަށެވެ. އަދި އެމްބިއުލަންސްގައި ގެންދާ ކުއްޖާ އަކީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ކުޖެއްކަމުން ފަރުވާހޯދުމަށް ހޮސްޕިޓަލަށް ގެންދެވޭ މަންޒަރެއްކަމަށްވެސް ޖެންޑަރ މިނިސްޓްރީން ބުންޏެވެ.

ޖެންޑަރ މިނިސްޓްރީން ވަނީ،  ކުދިންނާއި ގުޅޭ އެފަދަ ހާއްސަ މައްސަލަތަކުގައި މީޑިއާގައި މައުލޫމާތު ހާމަކުރައްވާއިރު މައުލޫތުގެ ސައްހަކަން ކަށަވަރުކުރެއްވުމަށް ފަހު ރައްޔިތުންނަށް ހާމަ ކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

ފާއިތުވި ދެތިން ދުވަހު ފިޔަވަތީގެ ހާލަތު ވަނީ ވަރަށް ބޮޑަސް ގޯސްވެފައެވެ. މިގޮތުން ރޭވެސް ފިޔވަތީގެ ހާލަތު ގޯސްވެފައިވެއެވެ. އެގޮތުން އިއްޔެއާއި ރޭވެސް ބައެއް ކުދިން އެތަނުގެ ފުރާޅުމައްޗަށް އަރައި ތަކެއްޗަށް ގެއްލުންދީފައިވެއެވެ. ފިޔަވަތީގެ ހާލަތު ގޮސްވެފައިވީނަމަވެސް، އެކަމާއި ގުޅޭގޮތުން މާބޮޑު ތަފްސީލެއް ސަރުކާރުން ހާމަނުކުރައްވައެވެ. އަދި މިކަމާއި ގުލިގެން ޖެންޑަރ މިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީއާއި، އެމިނިސްޓްރިއަށްވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ފިޔަވަތީގެ ހާލަތާއި ގުޅިގެން އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުވެސް ވަނީ އެތަނަށް ޒިޔާރަތްކުރައްވާ ތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ ޙާލަތު ބައްލަވާލައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.