ހުޅުމާލޭ ފިޔަވަތީގެ ކޮންޓްރޯލް ގެއްލި އެތަނުގެ ކުޑަކުދިން ފުރާޅަށް އަރައި ތަން ރޯކޮށްލިއިރުވެސް ޒިންމާ އަދާކުރަންޖެހޭ މީހުން ޒިންމާ އަދާނުކޮށް، ތަނުގެ މަސްލަހަތު ހިފެހެއްޓި މީހާ ގޯސްވުމަކީ ވަރަށް ހަމަނުޖެހޭ ކަމެއްކަމުގައި ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ ފިޔަވަތީގެ ކޮންޓްރޯލް ގެއްލި ކުޑަކުދިން ފުރާޅު މައްޗައް އަރައި މަސްލަހަތު ގެއްލުނު ވަގުތު ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާ އެތާ ތެރެއަށް ވަތް މައްސަލ ބަލުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓް އެންޑް ޖެންޑަރ ކޮމެޓީން ލޯކަލްގަވަރުމަންޓް އޮތޯރިޓީއަށް ހުށަހެޅުމަށް ނިންމި ނިންމުމާއި ގުޅިގެންނެވެ.
ޝިޔާމް ވިދާޅުވީ ހުޅުމާލޭގެ މަންދޫބުގެ ހައިސިއްޔަތުން ހުޅުމާލޭގައި ކަމެއް ގޯސްވުމުން ތަނުގެ މަސްލަހަތު ހިފެއްޓުމަކީ ހުޅުމާލެ ދާއިރާގެ ކައުންސިލަރުގެ ޒިންމާއެއްކަމަށެވެ. އެޒިންމާ އަދާކުރެއްވުމަށް ޝުޖާ ފިޔަވައްޗަށް ވަތްއިރުވެސް، އެތަނުގެ މަސްއޫލުވެރިން ނުވަތަ ޒިންމާ އުފުލާ ފަރާތްތަކުން އެތަނަށް ނުދާކަމީ ރައްޔިތުން މާބޮޑަށް ކަންބޮޑުވާ ކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.
އަހާ އެންމެ ފަހުން ކުއްވެރިމިވީ ތަނުގައި އަލިފާންރޯވެ، އެތައްކަމެއް ހިނގައިދިޔައިރު ޒިންމާ އުފުއްލަވަން ތިއްބެވި އެއްވެސް ބޭފުޅަކު އެތައް ގަޑިއިރެއްވީ އިރުވެސް ހިލަމެއްނުވެގެން ހުޅުމާލޭ ރައްޔިތުންގެ މަންދޫބު ކަންބޮޑުވެ ވަޑައިގެން އެތަނުގެ ހާލަތު ބައްލަވަން ވަޑައިގަތީމަ އެމަނިކުފާނު.
– މީވާ ސަރުކާރެއް.
މިމައްސަލާގައި ޝުޖާ ވިދާޅުވީ ޝުޖާ ވިދާޅުވީ ފިޔަވަތީގެ މައްސަލާގައި މަޖިލީހުގެ ޖަލްސާގައިވެސް އަދި ކޮމެޓީތަކުގައިވެސް ދައްކަންޖެހޭ ބައިވަރު ވާހަތައް އެބަހުރި ކަމަށެވެ. އެދެނީ ގިނަ ދުވަސްތަކެއް ނުކޮށް އޭނާ ހާޒިރުކޮށް މިވާހަތައް އަޑު އެހުންކަމަށެވެ.
ފިޔަވަތީގައި ހިނގައި ދިޔަ ހާދިސާގެ ރިޕޯޓް ހިއުމަން ރައިޓްސް ކޮމިޝަނުންނާއި ޗިލްޑްރެންސް އޮމްބަޑްސްޕާސަން އިން ތައްޔާރުކުރި ރިޕޯޓް ވަނީ ކޮމިޓީއަށް ހުށަހަޅާފައެވެ. މިއަދު ކުރިއަށް ދިޔަ ކޮމިޓީގެ ބައްދަލުވުމުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް ވިދާޅުވީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ބައެއް ނޫސްވެރިން ހާދިސާއާ ގުޅޭ މަންޒަރުތަކާއި ފޮޓޯތައް އަމިއްލަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ކަމަށެވެ.
އެހެންވެ އެ މައްސަލަ ބަލައިދޭން މިޑީއާ ކައުންިސލަށް އަންގަން މުމްތާޒް ހުށަހެޅުއްވިއެވެ. އަދި އެވަގުތު ޝުޖާއު ފިޔަވަތިއަށް ވަދެ އުޅުނު ކަމަށާއި، އަދި ބައެއް މީހުން އެތަނަށް ވައްދަން އޭނާ މަސައްކަތް ކޮށްފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވާތީ އެކަން ހިނގައި ދިޔަގޮތް ބަލަން އެލްޖީއޭއަށް އެންގުމަށް މުމްތާޒް ހުށަހެޅުއްވިއެވެ. އެ ދެ ހުށަހެޅުން ފާސްވިއެވެ. ޝުޖާވަނީ ފިޔަވަތީގެ ހާލަތު ގޯސްވުމުން، ހުޅުމާލެ ދާއިރާގެ މެމްބަރުގެ ހައިސިއްޔަތު އެތަނަށް ވަދެ ހަމަޖެހުން ގާއިމް ކުރުމަށް މަސައްކަތްކޮށްފައެވެ. އަދި އެރޭ އޭނާ ވަނީ އެތަނުގައި ހުރި ކަންބޮޑުވުންތަކުގެ މައުލޫމާތު މީޑިއާއާވެސް ހިއްސާ ކޮށްފައެވެ.