ފިޔަވަތީގެ މައްސަލާގައި ކަމާއިބެހޭ ހުރިހާ އިދާރާއަކަށާއި، މަޖިލީހަށްވެސް ޖަވާބުދާރީވާން ތައްޔާރަށް ހުންނެވި ކަމަށާއި، ގެންދަވާ ތަނަކަށް އަވަހަށް ގެންގޮސް ޖަވާބުދާރީ ކުރުމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު ޝުޖާ ވިދާޅުވެއްޖެއެވެ.
ޝުޖާ މިހެން ވިދާޅުވީ ފިޔަވަތީގެ ކޮންޓްރޯލް ގެއްލި ކުޑަކުދިން ފުރާޅު މައްޗައް އަރައި މަސްލަހަތު ގެއްލުނު ވަގުތު ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާ އެތާ ތެރެއަށް ވަތް މައްސަލ ބަލުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓް އެންޑް ޖެންޑަރ ކޮމެޓީން ލޯކަލްގަވަރުމަންޓް އޮތޯރިޓީއަށް ހުށަހެޅަން ނިންމުމުންނެވެ. ޝުޖާ ވިދާޅުވީ ފިޔަވަތީގެ މައްސަލާގައި މަޖިލީހުގެ ޖަލްސާގައިވެސް އަދި ކޮމެޓީތަކުގައިވެސް ދައްކަންޖެހޭ ބައިވަރު ވާހަތައް އެބަހުރި ކަމަށެވެ. އެދެނީ ގިނަ ދުވަސްތަކެއް ނުކޮށް އޭނާ ހާޒިރުކޮށް މިވާހަތައް އަޑު އެހުންކަމަށެވެ.
އަޅުގަނޑު ތައްޔާރު އިގޭތޯ. ރައްޔިތުންގެ މަޖިލީހުގައި ލައްކަ ވާހަކަ ދައްކަން އެބަހުރި. މަޖިލިސްގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އަށް ވެސް ދެވިދާނެ. ޕްރޮގްރެސިވް ކޯލިޝަނުން ޖެންޑާ މިނިސްޓަރ ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް.
– ޝުޖާ ވިދާޅުވިއެވެ.
ފިޔަވަތީގައި ހިނގައި ދިޔަ ހާދިސާގެ ރިޕޯޓް ހިއުމަން ރައިޓްސް ކޮމިޝަނުންނާއި ޗިލްޑްރެންސް އޮމްބަޑްސްޕާސަން އިން ތައްޔާރުކުރި ރިޕޯޓް ވަނީ ކޮމިޓީއަށް ހުށަހަޅާފައެވެ. މިއަދު ކުރިއަށް ދިޔަ ކޮމިޓީގެ ބައްދަލުވުމުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް ވިދާޅުވީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ބައެއް ނޫސްވެރިން ހާދިސާއާ ގުޅޭ މަންޒަރުތަކާއި ފޮޓޯތައް އަމިއްލަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ކަމަށެވެ.
އެހެންވެ އެ މައްސަލަ ބަލައިދޭން މިޑީއާ ކައުންިސލަށް އަންގަން މުމްތާޒް ހުށަހެޅުއްވިއެވެ. އަދި އެވަގުތު ޝުޖާއު ފިޔަވަތިއަށް ވަދެ އުޅުނު ކަމަށާއި، އަދި ބައެއް މީހުން އެތަނަށް ވައްދަން އޭނާ މަސައްކަތް ކޮށްފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވާތީ އެކަން ހިނގައި ދިޔަގޮތް ބަލަން އެލްޖީއޭއަށް އެންގުމަށް މުމްތާޒް ހުށަހެޅުއްވިއެވެ. އެ ދެ ހުށަހެޅުން ފާސްވިއެވެ.
ޝުޖާވަނީ ފިޔަވަތީގެ ހާލަތު ގޯސްވުމުން، ހުޅުމާލެ ދާއިރާގެ މެމްބަރުގެ ހައިސިއްޔަތު އެތަނަށް ވަދެ ހަމަޖެހުން ގާއިމް ކުރުމަށް މަސައްކަތްކޮށްފައެވެ. އަދި އެރޭ އޭނާ ވަނީ އެތަނުގައި ހުރި ކަންބޮޑުވުންތަކުގެ މައުލޫމާތު މީޑިއާއާވެސް ހިއްސާ ކޮށްފައެވެ.