ދަރުބާރުގެ ކަރީގައި އޮތް ވޭނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ދަރުބާރުގެ ކަރީގައި އޮތް ވޭނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

Author
މުޙައްމަދު ޝަޒައިމް
19 ސެޕްޓެމްބަރ 2021 12:44
0

ދަރުބާރުގޭ ކައިރީގައި އޮތް ވޭނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ދަރުބާރުގެ ދެކުނު ފަރާތުގައި ޕާކްކޮށްފައި އޮތް ވޭނެއްގައި އަލިފާން ރޯވެގެން އެފްއެސްއެމް އިން ވަނީ ހަރަކާތްތެރި ވެފައިކަމަށެވެ.

މިހާދިސާގެ ރިޕޮޓް ލިބިފައިވަނީ މިއަދު ހެނދުނު 10:30 ހާއިރުކަމަށާއި، މިހާދިސާ ހިނގާފައިވަނީ ވޭނުގެ ޑޭޝްބޯޑު މަތީގައި ބާއްވާފައި އޮތް ޕަވާ ބޭންކް ތަކެއްގައި އަލިފާން ތޯވެގެންކަމަށް ބެލެވޭކަމުގައި އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.