އަޅާލުމާއި ލޯބި ދޭންޖެހޭ ކުޑަކުދިން، ފުރާޅުމަތިން ހޯދަން ޖެހުނީމަ ވުޒާރާއޮތް ހާލު ފެންނަ ކަމުގައި ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.
ހުޅުމާލޭ ފިޔަވަތީގައި ދިރިއުޅޭ ކުދިން އެއިމާރާތުގެ ފުރާޅަށް އަރައި ތަނުގައި ރޯކޮށްލައި އެކުދިން ދަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުޅުކޮށްފައެވެ. ފިޔަވަތީގެ ކުދިންގެ ކަންބޮޑުވުންތައް އިންތިހާއަށް އޮތްއިރު، ކަމާއި ބެހޭ މުޒާރާތަކުން އެތަނަށް ގޮސްފައިވަނީ ހަމަނުޖެހުންތައް ހިންގަމުންދިޔަތާ 4 ދުވަސް ފަހުންނެވެ.
މިހާދިސާތަކާއި ގުޅިގެން ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިހާރުގެ ޖެންޑަރ މިނިސްޓަރާއެކު މުޅި މިނިސްޓްރީ އޮތީ ބޮއްސުންލާ ފެއިލްވެފައި ކަމަށެވެ. މަޤާމުން ވަކިކޮށް ވަކިން ޚާއްސަކޮށް ފިޔަވަތީގެ މައްސަލަތަކުގައި މިނިވަން ޕަބްލިކް އިންކުއަރީއެއް ހިންގަންޖެހޭ ކަމަށާއި، ޚާއްސަ އަޅާލުމާ ލޯބި ދޭންޖެހޭ ކުޑަކުދިން، ފުރާޅުމަތިން ހޯދަން ޖެހުނީމަ ވުޒާރާއޮތް ހާލު ފެންނަމުންދާކަމަށް އަލީ ވަހީދު ވަނީ ބުނެފައެވެ.
މިހާރުގެ ޖެންޑަރ މިނިސްޓަރާއެކު މުޅި މިނިސްޓްރީ އޮތީ ބޮއްސުންލާ ފެއިލްވެފަ. މަޤާމުން ވަކިކޮށް ވަކިން ޚާއްސަކޮށް ފިޔަވަތީގެ މައްސަލަތަކުގައި މިނިވަން ޕަބްލިކް އިންކުއަރީއެއް ހިންގަންޖެހޭ. ޚާއްސަ އަޅާލުމާ ލޯބި ދޭންޖެހޭ ކުޑަކުދިން، ފުރާޅުމަތިން ހޯދަން ޖެހުނީމަ ވުޒާރާއޮތް ހާލު ފެނޭ!
– އަލީ ވަހީދު ވިދާޅުވިއެވެ.
މިހާރުގެ ޖެންޑަރ މިނިސްޓަރާއެކު މުޅި މިނިސްޓްރީ އޮތީ ބޮއްސުންލާ ފެއިލްވެފަ. މަޤާމުން ވަކިކޮށް ވަކިން ޚާއްސަކޮށް ފިޔަވަތީގެ މައްސަލަތަކުގައި މިނިވަން ޕަބްލިކް އިންކުއަރީއެއް ހިންގަންޖެހޭ. ޚާއްސަ އަޅާލުމާ ލޯބި ދޭންޖެހޭ ކުޑަކުދިން، ފުރާޅުމަތިން ހޯދަން ޖެހުނީމަ ވުޒާރާއޮތް ހާލު ފެނޭ!
— Ali Waheed (@ali20waheed) September 19, 2021
ޖެންޑަރ މިނިސްޓްރީން ދައުލަތުގެ ބެލުމުމުގެ ދަށުގައި ތިބޭ ކުދިންނަށް އިހުމާލުވަމުންދާކަމަށް ބުނެ މިރޭ މާލޭގައި އިހުތިޖާޖުކުރަން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ނިންމާފައެވެ. މި އިހްތިޖާޖު ފެށުމަށް ހަމަޖެހިފައިވަނީ ޕީޕީއެމް އޮފިސް ދޮރުމަތިންނެވެ. މުޙައްމަދު އިސްމާޢީލް ވިދާޅުވީ އައު ސިޔާސީ ޕާޓީތައް ހަދައިގެން ޤައުމުގެ ހައްގުގައި މަސައްކަތްކުރާނެކަމަށް ބުނެ، ޤާނޫނީ ހައިސިއްޔަތު ލިބޭ އެއްވެސް މަސައްކަތެއް ނުކުރާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެެއީ ޖޯކެއްކަމަށްވެސް މުޙައްމަދު އިސްމާޢީލް ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ޤައުމުގެ އަސާސްތައް ހިފަހައްޓަވާ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީންކަމަށެވެ.
"ފިޔަވަތި" ގައި މައްސަލަތައް ފުނިޖެހި ބޮޑުވަމުންދާތާ އެތައް ދުވަހެއް ވަނީ ވެފައެވެ. އެ ތަނުގައި ތިބޭ ކުދިންގެ ފަރާތުން އަހުލާގީ ވަަރަށް ގިނަ މައްސަލަތައް ފާހަގަވެ އެ ކުދިންގެ އުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެތަނުގައި ތިބި ކުރިން ފުރާޅަށް އަރައި ތަނުގައި ހުޅުޖަހައި ގިނަ ރައްޔިތުން ތަކެއް އެސަރަހައްދަށް ޖަމާވެ، މީޑިއާތަކުގެ ފާޑުކިޔުން އަމާޒުވުމުން މިނިސްޓްރީ އަށް އަމާޒުވުމުން ޖެންޑާއިން ވަނީ ބަޔާނެއް ނެރަފައެވެ.
މިބަޔާނުގައި ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ ވޭދުވެދިޔަ 3 ދުވަހު އެމަރުކަޒުގައި ބައެއްކުދިންގެ ފަރާތުން ފެންނަ ކަންތަކާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސް އާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޓީމެއް ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ. އަދި މިވަތުގުވެސް މިނިސްޓްރީ އާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ މުވައްޒަފުން އެމަރުކަޒުގެ ކުދިންނާއި މުވައްޒަފުންނާއި އެކު މަސައްކަތްކުރަމުން ދާކަމަށެވެ.
ކޮމެންޓު ފޮނުވާ