ދާއިރާތަކުގެ ތަރައްޤީގެ ކަންކަމަކީ، ވަޒީރު ސިއްރުންކޮށް ނިންމާލަންޖެހޭ ކަންކަމެއްނޫން: ރާއީ

ދާއިރާތަކުގެ ތަރައްޤީގެ ކަންކަމަކީ، ވަޒީރު ސިއްރުންކޮށް ނިންމާލަންޖެހޭ ކަންކަމެއްނޫން: ރާއީ

Author
މުޙައްމަދު ޝަޒައިމް
18 ސެޕްޓެމްބަރ 2021 03:10
0

ހދ.ނޭކުރެންދޫގައި ސަރުކާރުން ހަދަން ނިންމާފައިވާ ޖަލުގެ މަސައްކަތް ކުރުމަށް މެމްބަރަށް އެއްވެސް އެންގުމެއްނެތި ކުއްލިއަކަށް ގެޒެޓް ކުރެއްވުމުން އެކަމުގެ ހިތްހަމަ ނުޖެހުން އެދާއިރާގެ މެމްބަރު މުހައްމަދު ރާއީ ފާޅު ކުރައްވައިފިއެވެ.

ނޭކުރެންދު ޖަލު ތަރަައްޤީ ކުރުމަކީ މިސަރުކާރުގެ ވައުދެކެވެ. އަދި އެކަން ކުރުމަށް މިނިސްޓަރ އިމްރާން ދެއްވި އެކި ތާރީހުތަކަށް މަސައްކަތް ނުފެށުމުން ރާއީ ވަނީ އެކި ފަހަރުމަތީން މިނިސްޓަރު މަޖިލީހަށްވެސް ހާޒިރުކޮށްފައެވެ. އަދި މިކަން ނުދާތީ މިދިޔަ މަހުގެ 21 ވަނަ ދުވަހުވެސް ވަޒީރު މަޖިލީހަށް ހާޒިރު ކުރުމަށް ރާއީ ވަނީ ސުވާލު ހުށަހަޅުއްވާފައެވެ.

މިނިސްޓަރ އިމްރާން މަޖިލީހަށް ހާޒިރު ކުރުމަށް މުދްއަތު ކައިރިވެފައި ވަނިކޮށް، މިމަސައްކަތް ގެޒެޓް ކުރުމާއި ގުޅިގެން ރާއީ ވިދާޅުވީ ތަރައްޤީގެ މިފަދަ މަސައްކަތަކީ ވަޒީރު ސިއްރު ސިއްރުން ކުރަންޖެހޭ ކަންތައްތަކެއް ނޫންކަމަށެވެ. ދާއިރާތަކުގައި ކުރެވޭ މަސައްކަތްތަކީ ދާއިރާގެ ރައްޔިތުންނާއި، ރައްޔިތުން އިންތިޚާބު ކޮށްފައިވާ މެމްބަރަށް އެނގިގެން ކުރަންޖެހޭ ކަންތައްތަކެއްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ދައުލަތުން ކުރައްވަމުން ގެންދަވާ ދާއިރާތަކާއި ގުޅުންހުރި މަސައްކަތްތަކުގެ މައުލޫމާތު ދާއިރާގެ ރައްޔިތުންގެ މެމްބަރަށް އެނގިގެން ދިއުމަކީ ރައްޔިތުންނާއި އެކަމުގައި ކަން ވަމުންދާ ގޮޔް ސާފުކޮށް ދެވުމެވެ. އެއީ ވަޒީރު ސިއްރުން ކޮށް ނިންމާލަންޖެހޭ ކަންކަމެއް ނޫނެވެ.

– ރާއީ ވިދާޅުވިއެވެ.

ނޭކުރެންދޫގައި ޖަލެއް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅަކަށް ވުމާއެކު އެޖަލު ވެގެންދާނީ އެތަނުގައި ރިހިބިލިޓޭޝަން ފަރުވާދެވި، ބައެއް ކަހަލަ ކުށްކޮށްފައިވާ ޤައިދީން އަލުން އަވަހަށް މުޖުތަމައަށް ނެރެވޭފަދަ އިންތިޒާމު ތަކާއެކު ހަދާ ޖަލަކަށް ވާނެކަމަށް ހޯމް މިނިސްޓަރ ވަނީ މީގެ ކުރިންވެސް އެކި ފަހަރު މަތީން ވިދާޅުވެފައެވެ.

ހދ. ނޭކުރަންދޫގައި ޖަލެއް ހެދުމަށް 2020ވަނަ އަހަރުގެ ބަޖެޓުންވަނީ 4.17 މިލިޔަން ރުފިޔާ ހިމަނާ ފައެވެ. ކޯވިޑް-19 އާއި ގުޅިގެން މަސައްކަތް ހުއްޓިފައިވީނަމަވެސް އަލުން އެމަސައްކަތް ފެށުމަށްޓަކައި މަސައްކަތްކުރެވެމުންދިޔަކަމަށް ހޯމް މިނިސްޓަރ އިމްރާން ކުރިންވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އެކޮއި
މިންބަރު ރާއީއަކަށް އެގޭކައް ނުޖެހޭނެ އެއަތޮޅުގެ ޕުރެޖެކުތައް ހިގާނުހިގާ ގޮޔްއަންގާލަށް ދައުލަތަކުން ހިންގާ ޕުރެޖެކުތައް ހިގާނީ އެވުޒާރާގަ ހުންނައް ވެރިއަކު ކުރިއައް ދާންފެންނަގޮތަކައް އެހެންނޫނީ އެޕުރެޖެކުޓެއް ކުރި ޢަކައް ނުގެންދެވޭނެ ދުވާލަކު 25 ފަހަރު މަޖިލީހައް ހާޒިރު ޚުރެވިފާނެ އެކަމަކު އެއަތޮޅެއްގެ ޕުރެޖެކުޓް ތައްކުރިއަށް ގެން ދާނީ އެވުޒާރާގަހުން ނަވެރިއަކު ކުރިގޮތަކައް މިންބަރުން ޚިތައްމެވަރަކައް ތެޅުނަސް ކުރެވޭނެކަމެއް ނޯންނާނެ ދައުލަތުގެ ވަޒީރުން އެކަންކުރިއައް ގެންދާނީ ؟؟؟؟؟؟؟؟؟؟؟