ރައީސް ސޯލިހުގެ ދެކަނބަލުން ނިއުޔޯކަށް ފުރާވަޑައިގެންފި

ރައީސް ސޯލިހުގެ ދެކަނބަލުން ނިއުޔޯކަށް ފުރާވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
18 ސެޕްޓެމްބަރ 2021 01:09
0

އދ ގެ ޢާއްމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެމެރިކާގެ ނިއުޔޯކަށް ފުރައިވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވަނައެވެ. އދގެ ޢާއްމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ރައީސުލްޖުމްހޫރިއްޔާ ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހުއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ބައްދަލުވުންތަކާއި ޤައުމު ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވަވާނެއެވެ.

އދގެ ޢާއްމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ މަޤާމު މިފަހަރު ދިވެހިރާއްޖޭގެ ފަރާތުން ފުރުއްވަމުން ގެންދަވާކަމީ ރާއްޖެ އދ އާ ގުޅުނުތާ މިވީ ދިގުތާރީޚުގައި ވެސް ރާއްޖެއަށް ނުލިބޭފަދަ މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރައްވައެވެ.

ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ 2021 ސެޕްޓެންބަރު 28 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބުލްބުލް
މިވެސް ހަބަރެއްތަ