އެމްޕީއެލް ފްލެޓްތައް އަންނަ އަހަރުގެ ކުރީކޮޅުނިމި، ހަވާލުކުރެވޭނެ: ޝާހިދު

އެމްޕީއެލް ފްލެޓްތައް އަންނަ އަހަރުގެ ކުރީކޮޅުނިމި، ހަވާލުކުރެވޭނެ: ޝާހިދު

Author
މުޙައްމަދު ޝަޒައިމް
17 ސެޕްޓެމްބަރ 2021 10:12
0

މިއަހަރުގެ މެދު ތެރޭގައި އެމްޕީއެލްގެ ފްލެޓްތައް ހަވާލު ކުރުމަށް ކުރެވުނު މަސައްކަތް، ކޯވިޑާއި ގުޅިގެން އެމްޕީއެލް ހިޔާ ފްލެޓްގެ މަސައްކަތް ނުނިމި ލަސްވި ނަމަވެސް އަންނަ އަހަރުގެ ކުރީކޮޅު މަސައްކަތް ނިންމައި ފްލެޓްތައް ހަވާލު ކުރެވޭނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)ގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވެއްޖެއެވެ.

އެމްޕީއެލްގެ 35ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ހާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އެމްޕީއެލްގެ ހަޔާތުގައި ކުރިއަށް ގެންދެވޭ އެންމެ ބޮޑު އިންވެސްޓް މަންޓަކީ އެމްޕީއެލް ހިޔާ ޕްރޮޖެކްޓް ކަމަށެވެ. މިމަޝްރޫއުގެ ދަށުން އެމްޕީއެލް މުވައްޒިފުންނަށް އިމާރާތް ކުރެވޭ ފްލެޓްތަކުގެ މަސައްކަތް މިހާރުވެސް ބާރަށް ކުރިއަށް ދާކަމަށާއި، އަމާޒަކީ މިފެށޭ އަހަރުގެ ކުރީކޮޅު މަސައްކަތް ނިންމައި، ފްލެޓްތަކުގެ ހައްގުވެރިންނަށް ފަލެޓްތައް ހަވާލު ކުރުންކަމަށެވެ.

އެމްޕީއެލްއިން މިހާތަނަށް ކުރެވޭ އެންމެ ބޮޑު އިންވެސްޓްކަމަށްވާ އެމްޕީއެލް ހިޔާ ޕްރޮޖެކްޓުގެ މަސައްކަތްވެސް ކުރިއަށް އެބަދޭ. ޕެންޑަމިކްގެ ފުރަބަންދާއި ގުޅިގެން ކޮންމެވެސް ވަރެއްގެ ލަސްތަކެއް ވީނަމަވެސް، މިމަޝްރޫޢު އަންނަ އަހަރުގެ ކުރީކޮޅު ނިމި، މުވައްޒިފުންނަށް ފްލެޓް ހަވާލު ކުރެވޭނެކަމަށް އުންމީދު ކުރަން.

– ޝާހިދު ވިދާޅުވިއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ކުންފުނިތަކަށް އަމާޒުކޮށްގެން ހަދާ ފްލެޓްގައި ހިމަނައިގެން އެމްޕީއެލްއިން ޢިމާރާތްކުރަން ނިންމާފައިވަނީ 14 ފަންގިފިލާގެ 3 ޓަވަރެވެ. މި ޓަވަރުތަކުގައި ހިމެނެނީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކާއި 1 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ.

އެމްޕީއެލްއިން ހިޔާ މަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ 2018ވަނަ އަހަރުއެވެ. ހުޅުމާލޭ 2ވަނަ ފިޔަވަހީގައި ޢިމާރާތްކުރާ މި ޓަވަރުތަކުގެ ޢަމަލީ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

m magey
Ey hamajehey ! Mee vaavaru,
މ މުންޖިޗޭ
ހަމަ އިންތިޚާބު ބޯމަތިވީމަ މުވައްޒަފުންނަށް ފިއްތުންތައް ކުރިމަތިކުރަންވެގެން ގަަސްތުގައި ލަސްކުރަނީ. އެކަމަކު ތިވެރިންގެ ރަނގަޅުކަމުން މުވައްޒަފުންނަށް ފޯރުކޮށްދޭ އެއްޗެއްކަމަކަށް ނުވާނެ. ރަނގަޅުނަމަ، ކުރީސަަރުކާރުން ރާވާފައިވާގޮތަށް އިތުރު ފްލެޓްތައް އަޅައި ހުރިހާ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނީސް! އަލަށް ފްލެޓްގަނޑެއް އަޅާނުލެވުނުތާގައި އަޅަންފަށާފައި ހުރި ފުލެޓްތައް ދިނުމުގައިވެސް ތިޔަދަނީ އިހުމާލުވަމުން.