ހދ. ނޮޅިވަރަމުން މާލެ ފޮނުވި ކޯވިޑް ބަލި މީހަކު މިއަދު ނިޔާވެއްޖެއެވެ.
އޭމީހާ ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރު 13:30 އެހާކަންހާއިރު ކަމަށެވެ. ނޮޅިވަރަމުން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލި ހާލަތު ގޯސްވި މީހަކު ކުރިން ވަނީ ށ.ފުނަދޫގައި ހުންނަ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީއަށް ވެސް ގެންގޮސްފައެވެ.
އެޗްޕީއޭ އިން ބުނީ މިއަދު 1:28 ގައި މަރުވެފައިވަނީ އުމުރުން 87 އަހަރުގެ ދިވެއްސެކެވެ. އެއީ ފިރިހެނެކެވެ.
މިއީ ރާއްޖޭގެ 229 ވަނަ ކޮވިޑް މަރެވެ.
ކޮމެންޓު ފޮނުވާ