ހދ.ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިމަކާއި ގާތަށް ގޮސްފިއެވެ.
އެމްޓީސީސީން ބުނެފައިފައިވަނީ ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 87 ޕަސެންޓް ނިމިފައިވާކަމަށެވެ.
ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 87 ޕަސެންޓް ނިމިއްޖެ. މި މަޝްރޫޢުއަކީ 50.8 މިލިއަން ރުފިޔާގެ މަޝްރޫޢެއް. #MTCCProjects #RayyithungeKunfuni pic.twitter.com/3iQzNNQPQi
— MTCC Plc (@MTCCPlc) September 16, 2021
ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމަށް މިހާރު ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން 62863 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، ބިންހިއްކުމާއި، 331 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 50 މީޓަރު ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި އަދި 2,102 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ. މީގެއިތުރުން ނެރުބައްތިއާއި މަގުބައްތި ޖެހުންވެސް މިމަޝްރޫޢުގެ މަސައްކަތުގެތެރޭގައި ހިމެނެއެވެ.
ނެއްލައިދޫގެ ބަނދަރު މިހާރު ޑިޒައިން ކުރެވިފައިވާގޮތަށް ބަނދަރުގެ މަސައްކަތް ނިމޭއިރު ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ މައްސަލަޔަށް ހައްލެއް ލިބިގެންދާނެ ކަމަށް އެރަށުގެ ރައްޔިތުން ޤަބޫލްކުރެއެވެ.
އާބާދީގައި 1300 އަށްވުރެ ގިނަ މީހުން އުޅޭ ނެއްލައިދޫގައި ލަފާފުރުމަށާއި މަސްވެރިކަމަށް 60 އަށްވުރެ ގިނަ އުޅަނދު ބޭނުންކުރެއެވެ. މި މަޝްރޫޢުއަކީ 50.8 މިލިއަން ރުފިޔާގެ މަޝްރޫޢެއް.
ކޮމެންޓު ފޮނުވާ